Wednesday, 9 September 2026
Ads by

މޯލްޑިވްސް އެކުއަޓިކްސްގެ 2 ވަނަ ކްލަބް ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފި

މޯލްޑިވްސް އެކުއަޓިކްސްގެ 2 ވަނަ ކްލަބް ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފި

މޯލްޑިވްސް އެކުއަޓިކްސްއިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެއްގައި ކުއްޖަކު ފަތަނީ---

މޯލްޑިވްސް އެކުއަޓިކްސްއިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ވަނަ ކްލަބް ކިޑްސް ސްވިމިން ފެސްޓިވަލް ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގެ ސުވިމިންގ ޕޫލުގައި ކުރިއަށްދާ މި ފެސްޓިވަލްގައި ޖުމްލަ ފަސް ކްލަބަކުން 362 ކުދިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 172 އަންހެން ކުދިންނާއި 190 ފިރިހެން ކުދިންނެވެ.

މި ފެސްޓިވަލާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެކުއަޓިކްސްގެ ނައިބު ރައީސް އިސްމާޢީލް ޢަލީ ވިދާޅުވީ، މި އަހަރުގެ ފެސްޓިވަލަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. މި ހަރަކާތް ކުރިއަށްދަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ ހަ އަހަރާއި ހަތް އަހަރާ ދެމެދުގެ ”ކިޑްސް އޭ“، އަށް އަހަރާއި ނުވަ އަހަރާ ދެމެދުގެ ”ކިޑްސް ބީ“ އަދި 10 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިން ހިމެނޭ ”ކިޑްސް ސީ“ ކެޓެގަރީއެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި، މުބާރާތުގެ ކަންކަން ވަރަށް ފޯރިއާއެކު ކުރިއަށްދާއިރު، މި ތިން ގްރޫޕުގެ ކުދިންގެ މެދުގައި އޮތް ވާދަވެރިކަން ވެސް ބޮޑެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސްވިމިންގ ޕޫލުގައި ކުރިއަށްދާ މި ފެސްޓިވަލަކީ ކުޑަކުދިންގެ މެދުގައި ފެތުމުގެ ހުނަރު ކުރިއަރުވައި، ކްލަބް ފެންވަރުގައި ވާދަވެރި މާހައުލެއް އުފެއްދުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި