Sunday, 26 July 2026
Ads by

ހުޅުމާލޭގައި ދެ މިސްކިތް އިމާރާތް ކުރަން ބޭނުންވާ ބިން ހަވާލުކޮށްފި

ހުޅުމާލޭގައި ދެ މިސްކިތް އިމާރާތް ކުރަން ބޭނުންވާ ބިން ހަވާލުކޮށްފި

ހުޅުމާލޭގައި ދެ މިސްކިތް އިމާރާތް ކުރަން ބޭނުންވާ ބިން ހަވާލުކުރުމުގެ އެެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އެޗްޑީސީ

ހުޅުމާލޭގައި ދެ މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމިކް މިނިސްޓްރީ އާ ހަވާލުކޮށްފިއެވެ.

Ad Image
Ads by

އެޗްޑީސީން މިއަދު ބުނީ އިސްލާމިކް މިނިސްޓްރީ އާ ހަވާލުކޮށްފައި ވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިނާކުރާ ފުރަތަމަ މިސްކިތަށް ބޭނުންވާ ބިމާއި ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ މިސްކިތަކަށް ބޭނުންވާ ބިން ކަމަށެވެ.

މިސްކިތް ބިނާކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މިސްކިތް ބިނާކުރަން ތިންވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 21،952 އަކަފޫޓުގެ ބިމެކެވެ. އަދި ދެވަނަ ފިޔަވަހިން ދޫކުރީ 27،920 އަކަފޫޓުގެ ބިމެކެވެ.

ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެއެވެ.

މިފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ހިޔާ ސަރަހައްދުގައި މިސްކިތެއް އިމާރާތް ކުރުމަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފައެވެ. ނިމިދިޔަ ރަމަޟާން މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތެއް ހުޅުވާފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި