Sunday, 26 July 2026
Ads by

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރަން ސްޓެލްކޯގެ ޓީމެއް ދަނީ

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރަން ސްޓެލްކޯގެ ޓީމެއް ދަނީ

‏ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޓީމެއް އެ ސިޓީއަށް ދަތުރު ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކުޅުދުއްފުށިން ކަރަންޓު ކެނޑޭތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މިއަދު ހެނދުނު 9:15 އިން ފެށިގެން މުޅި ރަށުން ކަރަންޓު ވަނީ ކެނޑިފައެވެ. ކަރަންޓުގެ ހިދުމަތް އަލުން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ފެނަކައިގެ އެދުމުގެ މަތިން ސްޓެލްކޯގެ ގިނަ ދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ކުޅުދުއްފުއްޓަށް ދަތުރު ކުރަމުންދާ ކަމަށެވެ. އެ ކުންފުނީގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަަރަންޓުގެ ހިދުމަތް ޔަގީންކޮށްދެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

 

ފެނަކައިން ބުނެފައި ވަނީ ހެނދުނުން ފެށިގެން މުޅި ކުޅުދުއްފުށިން ކަރަންޓު ކެނޑިފައި ވަނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމާ ގުޅިގެން ކަމަށެވެ. ކަރަންޓުގެ ހިދުމަތް އަލުން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު ހަވީރު 6:00 ގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

ފެނަކައިން ވަނީ މި މައްސަލަ އާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް މާފަށް އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި