Wednesday, 9 September 2026
Ads by

ރާއްޖެއަށް އެތެރެކުރާ ތެލުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލަން އިންޑިއާއިން ނިންމައިފި

ރާއްޖެއަށް އެތެރެކުރާ ތެލުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލަން އިންޑިއާއިން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ (ވ)--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރާއްޖެއަށް އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ ކަނޑާލުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

Ad Image
Ads by

އިންޑިއާގެ ރަސްމީ ގެޒެޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަވައްޓެރި ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ލުއިފަސޭހަގޮތްތަކެއް ހަމަޖައްސައިދިނުމުގެ މަގްސަދުގައި އެ ގައުމުގެ ކަސްޓަމްސް ގާނޫނަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. މި ބަދަލުތަކާއެކު، ރާއްޖެއަށް އެތެރެކުރާ ތެލުގެ ބާވަތްތަކުން މީގެކުރިން ނަގަމުންދިޔަ ’ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ‘ އާއި ’ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް‘ މިހާރު ވަނީ އެއްކޮށް އުނިކޮށްދީފައެވެ.

މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ފޯރުކޮށްދިނުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އާންމުގޮތެއްގައި ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓްކުރަނީ މެދުއިރުމަތީގެ ބާޒާރުތަކުންނެވެ. ނަމަވެސް، ހުރުމުޒް ކަނޑުއޮޅީގެ ސަރަޙައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މުދާ އުފުލުމަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތީ، އިތުބާރު ހުރި އަދި ހަރަދު ކުޑަ މަގަކުން ތެޔޮ ހޯދުމަށްޓަކައި އިންޑިއާއިން ތެޔޮ ގަތުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.

އިންޑިއާއިން މީގެކުރިން މިފަދަ ލުއިތަކެއް ދެމުން އައީ ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ބޫޓާނަށް އެކަންޏެވެ. އެހެންނަމަވެސް، އަލަށް ގެނެވުނު މި ބަދަލާއެކު ޑިއުޓީ މާފުކޮށްދޭ ގައުމުތަކުގެ ލިސްޓުގައި މިހާރު ރާއްޖެ ވެސް ވަނީ ހިމެނިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ ޔޫއޭއީ، އޮމާން، މެލޭޝިއާ އަދި ސިންގަޕޫރުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި