Sunday, 25 October 2026
Ads by

މިޞްރުގެ ކުޅުންތެރިޔަކަށާއި ޓީމުގެ ޑައިރެކްޓަރަށް އެމެރިކާގެ ޑަލަސް ފުލުހަކު ހަމަލާދީފި

މިޞްރުގެ ކުޅުންތެރިޔަކަށާއި ޓީމުގެ ޑައިރެކްޓަރަށް އެމެރިކާގެ ޑަލަސް ފުލުހަކު ހަމަލާދީފި

ދުނިޔޭގެ ތަށީގެ ފުޓްބޯޅަ މުބާރާތުގެ ތެރެއިން އެމެރިކާގެ ޑަލަސްގައި ހިނގި ހާދިސާއެއްގައި، މިޞްރުގެ ޤައުމީ ޓީމުގެ ޑައިރެކްޓަރު އިބްރާހިމް ޙަސަނާއި ކުޅުންތެރިޔާ ޓްރެޒެގޭއަށް އެ ސިޓީގެ ފުލުހަކު ކޮއްޕައި ހަމަލާދީފައިވާ ކަމަށް އެ ޓީމުން ބުނެފިއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު މިޞްރުން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ޓީމު މަޑުކޮށްގެން ތިބި ހޮޓަލުގައެވެ. މިޞްރުގެ މީޑިއާ އޮފިސަރު މުޙައްމަދު މުރާދު ރޮއިޓާސްއަށް މަޢުލޫމާތު ދެމުން ބުނީ، ސަޕޯޓަރަކާއި އޭނާގެ ދަރިފުޅު، އިބްރާހިމް ޙަސަނާއި ޓްރެޒެގޭއާއެކު ފޮޓޯއެއް ނަގަން އެދުމުން އެކަމަށް ޑައިރެކްޓަރު ހުއްދަ ދިން ކަމަށެވެ.

ނަމަވެސް އެ ވަގުތު އެތަނުގައި ހުރި ސެކިއުރިޓީ އޮފިސަރަކު ވަނީ އެ ސަޕޯޓަރާއި، ޓްރެޒެގޭ އަދި އިބްރާހިމް ޙަސަން ކޮއްޕާލާފައެވެ. މުރާދު ފާހަގަކުރި ގޮތުގައި މި ހާދިސާ ހިނގިއިރު ކުޅުންތެރިޔާއާއި ޑައިރެކްޓަރު ތިބީ އެމީހުންނަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައެވެ. އަދި ސަޕޯޓަރާ މެދު އިހާނެތިކޮށް އަމަލު ނުކުރުމަށާއި، އާދައިގެ ގޮތަކަށް މުޢާމަލާތް ކުރުމަށް އިބްރާހިމް ޙަސަން އެ ވަގުތު އެދިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ޑަލަސް ޕޮލިސް ޑިޕާޓްމަންޓުން (ޑީޕީޑީ) ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ އެ ފަރާތަށް އެނގޭ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެމީހުން ހޮޓަލަށް ދިޔައީ ހުއްދަ ނެތް މީހަކު ވަންނަން އުޅޭ ކަމަށް ހޮޓަލުގެ ސެކިއުރިޓީން ރިޕޯޓް ކުރުމުންނެވެ. އަދި ފަހުން އެނގުނު ގޮތުގައި އެމީހުން ތިބީ ދައްކަންޖެހޭ ކާޑުތައް (credentials) ރަނގަޅަށް ނުފެންނަ ގޮތަށް ކަމަށާއި، އެއީ އެ ސަރަޙައްދުގައި އުޅޭއިރު ކޮންމެހެން ބޭނުންވާ އެއްޗެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ޑަލަސް ފުލުހުން އިތުރަށް ބުނީ، މި މައްސަލަ އެވަގުތު ހައްލުކުރެވިފައިވާ ކަމަށާއި، ޓީމުގެ މަންދޫބުންނާ ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާފައިވާ ކަމަށެވެ.

މި މުބާރާތަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. ހުކުރު ދުވަހު ޑަލަސްގައި ކުޅުނު މި މެޗަކީ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގެ މެޗެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި