ދީނީ މިންގަނޑުތަކުގެ ތެރެއިން ކުޅިވަރު އާލާކޮށް، އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ޒުވާނުން ބިނާކުރުމުގެ މަގުސަދުގައި ”މަންފާ އެކަޑަމީ“ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިއީ ދީނީ ދަޢުވަތު ފެތުރުމުގައި މަޝްހޫރު ޢަލީ ރަމީޒް އިސްކޮށް ހުންނަވައިގެން ދާދި ފަހުން އުފެއްދެވި ”މަންފާ ޖަމިއްޔާ“ ގެ ދަށުން ހިންގާ އެކަޑަމީއެކެވެ.
މި އެކަޑަމީ އިފްތިތާޙްކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު ޢަލީ ސުޒޭނެވެ. މި ރަސްމިއްޔާތާއެކު، އިސްލާމީ އުސޫލުތަކަށް ބިނާކޮށް ކުޅިވަރުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމުގެސައްކަތް މިވަނީ ރަސްމީކޮށް ފެށިފައެވެ.
މި އެކަޑަމީ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވީ ރާއްޖޭގެ މަޝްހޫރު ވޮލީބޯޅަ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) އެވެ. އެކަޑަމީގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބަޔަކު ކުޅޭ ތިން ކުޅިވަރު ކަމަށްވާ ފުޓްބޯޅަ، ވޮލީބޯޅަ އަދި ފުޓްސަލް އިންނެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ހުރިހާ ކުޅިވަރަކަށް ވެސް ފުރުޞަތު ހުޅުވާލައި، އެކަޑަމީގެ ހަރަކާތްތައް ފުޅާކުރާނެ ކަމަށް މަންފާ އެކަޑަމީން މަޢުލޫމާތުދެއެވެ.

މަންފާ ޖަމިއްޔާ އިން ބުނި ގޮތުގައި އެކަޑަމީގެ ތަމްރީނުތައް ކުރިއަށް ގެންދާނީ ”ކޭމްޕް ސްޓައިލް“ އަށެވެ. މި ހަރަކާތްތަކުގެ މައިގަނޑު އަމާޒަކީ ދީނީ މިންގަނޑުތަކުގެ ތެރެއިން ރާއްޖޭގައި ކުޅިވަރު އާލާކޮށް، އަޚުލާޤު ރަނގަޅު ޖީލެއް ބިނާކުރުމެވެ.
މި މުހިންމު މަސައްކަތުގައި ޢަލީ ރަމީޒާއެކު ރާއްޖޭގެ މަޝްހޫރު ކުޅިވަރު ޝަޚުޞިއްޔަތުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މަޝްހޫރު ވޮލީ ކޯޗު ސާޖިދުގެ އިތުރުން ގޯލްޑް ކަޕުގެ އެއް ފައުންޑަރު އަދި ކޯޗު ޢަލީ ނިސްތާރު މުޙައްމަދު ހިމެނެއެވެ. ސާޖިދު ފާހަގަކުރި ގޮތުގައި ކުރިއަށް އޮތްތަނުގައި ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ އިތުރު ކޯޗުންވެސް މި އެކަޑަމީގެ މަސައްކަތުގައި ބައިވެރިވާނެއެވެ.
މަންފާ ޖަމިއްޔާ އަކީ ދީނީ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ދީނީ މިންގަނޑުގެ ތެރެއިން އިޖުތިމާޢީ އެކި ހަރަކާތްތައް ހިންގުމަށް ޢަލީ ރަމީޒު އިސްކޮށް ހުންނަވައިގެން ދާދި ފަހުން ރަޖިސްޓަރީކުރި ޖަމިއްޔާއެކެވެ. ޢަލީ ރަމީޒަކީ މީގެ ކުރިން ޖަމިއްޔަތުއް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.











ސަލަފުގަ އަލިބެ ބޭނުންވާގޮތަށް ޑްރާމާކުޅެން ފުރުސަތުނުދޭތީ ރުޅިހަދާ ވަގުބަދުނާމު އަޅުވާފަގޮސް ހެދި ޖަމއްުޔާއެއް ތީ. ދަރުސްދޭ ޝެއިހަށްވުރެ އަލިބެއާ ހަމީދުބޭގެ ޑްރާމާ ތީގަ އޮންނަނީ. އަލިބެއަކީ އޭރުވެސް މިހާރުވެސް ސެލިބުރިޓީ އެއް. މަޝްހޫރުކަން ދަމަހައްޓަން ކޮންމެކަމެއްވެސް ކުރާނެ.