Wednesday, 9 September 2026
Ads by

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ އިތުރު ބުރެއް ފަށަނީ

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ އިތުރު ބުރެއް ފަށަނީ

ޒުވާން ޚަތީބުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ 5 ވަނަ ބުރު މި ފެށޭ ހަފުތާގައި ފެށުމަށްހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

Ad Image
Ads by

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގްރާމެވެ.

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ޕްރޮގުރާމްގެ 4 ބުރެއް މިހާތަނަށް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމްގެ އިތުރުބުރެއް މި ފެށޭ ހަފްތާގައި ކުރިއަށްގެންދިޔުމަށް ހަމަޖހެިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ބުރުގައި 80 ޒުވާން ޚަތީބުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބޭހޭ ވަޒީރުގެ ނައިބް އަލްއުސްތާޛް އަލީ ވަހީދު ވިދާޅުވީ، މި ބުރުގައި ބައިވެރިވުމަށް ހުޅުވާލީ މާލެ ސަރަޙައްދަށް 40 ކުދިން އަދި އަތޮޅުތަކުން 40 ކުދިންނަށްކަމަށެވެ. އަލީ ވަހީދު ވިދާޅުވީ މާލެ ސަރަޙައްދުން ކުރިމަތިލި ކުދިންގެ ތަމްރީންތައް ކުރިއަށްދާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައިކަމަށެވެ. އަދި އަތޮޅުތަކުން ބައިވެރިވި ކުދިންގެ ތަމްރީންތައް ކުރިއަށް ގެންދާނީ އޮންލައިންކޮށްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

”ޒުވާނުން ބާރުވެރިކޮށް ދީނީ ގޮތުން އައު ޖީލެއް އުފެއްދުމަށްޓަކައި މަސައްކަތުގެ އެންމެ މުހިއްމު އެއް ބޮޅެއްގެ ގޮތުގައި މި އަންނަނީ ސެޕްޓެމްބަރު މަހު ޒުވާން ޚަތީބުންނަށް ޚައްސަކޮށްގެން މަހާސިންތާއެއް ބޭއްވުން. 1000 ޚަތީބުން މީގައި ބައިވެރިކުރުމަކީ އަމާޒެއް. ސެޕްޓެމްބަރު މަހުގެ 13 އާ ހަމައަށް 2 ބުރު ގެންދެވޭނެކަމަށް މި ބަލަނީ“ އަލީ ވަހީދު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާގޮތުގައި ޒުވާން ޚަތީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ވަނީ ސަނަދު ހޯދާފައެވެ. އެ ވުޒާރާގެ އަމާޒަކީ 1000 ޒުވާން ޚަތީބުން ތަމްރީންކުރުމެވެ.

ޒުވާން ޚަތީބުންގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެނެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ، އަދި ދީނީ ދަޢުވަތުގެ މަސައްކަތަށް އައު ދިރުމެއް ގެނުވި ޕްރޮގްރާމެއްކަން އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.ޚަތީބުން މީގައި ބައިވެރިކުރުމަކީ އަމާޒެއް. ސެޕްޓެމްބަރު މަހުގެ 13 އާ ހަމައަށް 2 ބުރު ގެންދެވޭނެކަމަށް މި ބަލަނީ.“ އަލީ ވަހީދު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި