Sunday, 25 October 2026
Ads by

ދިރާގު އީދު ބޯކިބާ އަދި އީދު ހަދިޔާއަށް ބޮޑު ތަރުހީބެއް

ދިރާގު އީދު ބޯކިބާ އަދި އީދު ހަދިޔާއަށް ބޮޑު ތަރުހީބެއް

ފިތުރު އީދު ފާހަގަކުރަން ދިރާގުން ކުރިއަށްގެންދިޔަ ދިރާގު އީދު ބޯކިބާ ހަރަކާތުގެ ތެރެއިން - ފޮޓޯ:ދިރާގު

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށްގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

Ad Image
Ads by

ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ބޭއްވި ދިރާގު އީދު ބޯކިބާ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މާލޭ އަރޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ގިނަ އަދަދެއްގެ މީހުން މާލެ އަދި ހުޅުމާލޭގައި ބޭއްވި މި އިވެންޓުގައި ވަނީ ބައިވެރިވެފައެވެ.

ދިރާގުން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް ކުޑަކުދިންނަށް އަމާޒުކޮށް ދިރާގު އީދު ހަދިޔާ ގިފްޓް ޕެކް ބެހުން އީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ދިރާގުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ލ. ގަން، ބ. އޭދަފުށީގެ އިތުރުން އދ. ދަނގެތީގައެވެ.

”މި އަހަރު ދިރާގުން ކުރިއަށްގެންދިޔަ ފިތުރު އީދުގެ ހަރަކާތްތަކުގައި އެހާ ގިނަ ފަރާތްތަކުން ބައިވެރިވެ، އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ހެޔޮހިތުން މުޖުތަމައުގެ އެކަކު އަނެކަކަށް އަޅާލުމުގެ ސަގާފަތެއް އާލާކުރުމަކީ ދިރާގުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެއް،“ – ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް

މި ހަރަކާތްތަކުގެ އިތުރުން ދިރާގަކީ މިއަދު މާލޭގައި ސާދަ ތިރީސް އަށެއް ގްރޫޕުން އިންތިޒާމުކޮށްގެން ބާއްވާ ފިތުރު އީދު ހަރަކާތްތަކުގެ ޕަރޓްނަރެކެވެ. މި ހަރަކާތުގައި އީދުގެ ސަގާފީ ކުޅިވަރުތައް ކަމަށްވާ ފެން ކުޅުން، ބޮޑު މަސް އަދި މާލި ޕެރޭޑް ކުރިއަށްދާނެއެވެ. އަދި އީދު މިއުޒިކް ޝޯވއަކާއި ހަވާއެރުވުން ވެސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދީ، އެފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި