Wednesday, 9 September 2026
Ads by

ޕެނަލްޓީގައި އޮސްޓްރޭލިއާ ބަލިކޮށް މިސްރުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި

ޕެނަލްޓީގައި އޮސްޓްރޭލިއާ ބަލިކޮށް މިސްރުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން މިސްރު ފުރުސަތު ހޯދައިފިއެވެ. މިސްރުން މި ތާރީޚީ ކާމިޔާބީ ހޯދީ، އެމެރިކާގެ ޓެކްސަަސްގައި ކުޅުނު ފޯރިގަދަ މެޗުގައި އޮސްޓްރޭލިއާގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 4-2 އިން ކުރިހޯދައިގެންނެވެ.

Ad Image
Ads by

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ. މިސްރުގެ މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހުސާމް އަބްދުލްމަޖީދުއެވެ. މިއީ ވޯލްޑް ކަޕެއްގެ މި މަރުހަލާއަށް މިސްރު ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މެޗުގެ 13 ވަނަ މިނެޓުގައި އިމާމް އަޝޫރު ޖެހި ލަނޑުން މިސްރުން ކުރިހޯދިއެވެ. ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު މިސްރުގެ މުހައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ލަނޑަކުން އޮސްޓްރޭލިއާއަށް ނަތީޖާ ހަމަހަމަވިއެވެ. މިސްރުގެ ތަރި މުހައްމަދު ސަލާހަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ޕެނަލްޓީ ޝޫޓްއައުޓްގައި އޭނާ ވަނީ ކާމިޔާބު ޕެނަލްޓީއެއް ޖަހާފައެވެ.

އޮސްޓްރޭލިއާގެ ކޯޗު ޓޯނީ ޕޮޕޮވިޗް، ޕެނަލްޓީއަށް އަމާޒުކޮށް ތަޖުރިބާކާރު ކީޕަރު މެތިއު ރަޔަން ކުޅެން އެރުވި ނަމަވެސް، އޮސްޓްރޭލިއާގެ ހެރީ ސޫޓާ އާއި ލޫކަސް ހެރިންގްޓަން އަށް ޕެނަލްޓީ ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މެޗުން މޮޅުވުމާއެކު ސަލާހުގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވެފައިވެއެވެ.

ގަދަ 16 ގެ މަރުހަލާގައި މިސްރު ދެން ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ އާއި ކޭޕް ވާޑޭ ކުޅެގެން މޮޅުވާ ޓީމަކާއެވެ. ގިނަ ބަޔަކު އުންމީދު ކުރަނީ އަންގާރަ ދުވަހު އެޓްލާންޓާގައި ކުޅޭ މި މެޗުގައި ސަލާހާއި މެސީގެ ކުރިމަތިލުމެއް ފެންނާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި