Wednesday, 9 September 2026
Ads by

އިޖުތިމާއީ ބަދަލަކަށް ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތައް މުހިންމު: ރައީސް

އިޖުތިމާއީ ބަދަލަކަށް ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތައް މުހިންމު: ރައީސް

ރާއްޖޭގައި ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތަކާއި ކުށްކުރުން ހުއްޓުވުމަށްޓަކައި، އެކަންކަން މެދުވެރިވާ އަސްލު ސަބަބުތައް ނުވަތަ ”ރޫޓް ކޯސް“ ތަކަށް އަމާޒުކޮށްގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މިހެން ވިދާޅުވީ މިއަދު ޝާއިޢުކުރެވުނު ”ދަ ޕަލްސް“ ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ކުށްކުރުމާއި މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށްޓަކައި، ހަމައެކަނި މަތިމަތިން ކަންކަން ކޮށްލުމުގެ ބަދަލުގައި މާނަހުރި ދާއިމީ ހައްލެއް ބޭނުންވާ ކަމަށެވެ. މިގޮތުން، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަންތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ދެން މި މިހިރި އެއްކަމަކާ އަނެއްކަމަކާ ގުޅިލައިގެންދާނެ ސަރުކާރުން. ސަރުކާރުގެ ސިޔާސަތަކީ ރީޓ ކޮއުސް ތަކަށް ދިއުންކަމަށްވާތީ ހައުސިން މައްސަލަ ހައްލުކުރުމަކީ އެއިން ބޮޑުއެއްކަންތައް،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ޒުވާނުންނަށް އަމިއްލަ ބާރުވެރިކަން ހޯދައިދިނުމަށްޓަކައި އާމްދަނީ ހޯދޭނެ އެކި މަގުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުދި ވިޔަފާރިތައް ފެށުމަށް އެހީތެރިވުމާއި، އަންހެން ބޭފުޅުންނަށް ގޭގައި ތިއްބަވައިގެން އާމްދަނީ ހޯދޭނެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދުޅަހެޔޮ ސިއްހީ ނިޒާމެއް ގާއިމްކުރުމާއި، ފެންވަރު ރަނގަޅު ތައުލީމީ ފުރުސަތުތައް ފޯރުކޮށްދިނުމަކީވެސް މި މައްސަލަތަކާ ގުޅިފައިވާ ކަންކަން ކަމަށެވެ. އަދި މި ހުރިހާ ދާއިރާތަކުން ހަރުދަނާ ބަދަލުތަކެއް ގެނެވިގެން މެނުވީ، ޒުވާނުން ކުށްކުރުމުގެ ތެރއަށް ވަނުން ހުއްޓުވައި، މުޖުތަމައުއަށް ހަގީގީ ބަދަލެއް ނުގެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”ހަމަ ނަމެއްގަ މަތި މަތިން މީ ކަމެއް ކޮށްލައިގެން ދުވަހުކޮށް މިމައްސަލަ ހައްލެއް ނުވާނެ. ކުށްކުރުންވެސް މަސްތުވާތަކެތި ބޭނުންކުރުން އިތުރުކުރެވެގެން ދިއުންކަމުގަވެސް. އެހެންވީމަ ދާއިމީ ރަނގަޅު ހައްލެއް ރަނގަޅު ބަދަލެއް އަންނާނީ މިދެންނެވި ކަހަލަ ކަންކަން އެޑްރެސް ކުރެވިގެން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މި ހުރިހާ ދާއިރާތަކަކުން އެއްފަހަރާ މަސައްކަތްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޖުތިމާއީ ބަލިމަޑުކަމުން ގައުމު ސަލާމަތްކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި