Sunday, 26 July 2026
Ads by

ޕާޓީ ބަދަލުކުރުމާ ގުޅިގެން ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާޢު އަލީގެ ގޮނޑި ގެއްލިއްޖެ

ޕާޓީ ބަދަލުކުރުމާ ގުޅިގެން ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާޢު އަލީގެ ގޮނޑި ގެއްލިއްޖެ

ވ.ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާޢު އަލީ، އިންތިޚާބުވި ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުމާ ގުޅިގެން އޭނާ ކައުންސިލްގެ ރައީސްކަމުގެ މަޤާމުން ވަކިވެފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ކަނޑައަޅައިފިއެވެ.

Ad Image
Ads by

ޝުޖާޢު އަލީ ކައުންސިލަށް އިންތިޚާބުވީ ”ދަ ޑިމޮކްރެޓްސް“ ގެ ޓިކެޓުގައެވެ. ނަމަވެސް، ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭ މެންބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ އެ ޕާޓީ އުވާލާފައެވެ. ޕާޓީ އުވާލުމާ ގުޅިގެން ޝުޖާޢު އަލީ ވަނީ 19 މޭ 2026 ގައި އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައެވެ.

އެލް.ޖީ.އޭ އިން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 116 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވުމަށްފަހު، އެ ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ދަފްތަރުވުމުން ކައުންސިލް މެންބަރުކަމުގެ މަޤާމުން ވަކިވާނެ ކަމަށެވެ.


ޝުޖާޢު އަލީ މަޤާމުން ވަކިވެފައިވާކަން ކަނޑައަޅާފައިވަނީ 30 ޖޫން 2026 ގައި ބޭއްވުނު އެލް.ޖީ.އޭގެ ބޯޑުގެ މިއަހަރުގެ 8 ވަނަ ބައްދަލުވުމުގައެވެ. އަދި ލާމަރުކަޒީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށްވެސް ބޯޑުން ވަނީ ނިންމާފައެވެ.

ޕާޓީ އުވާލުމުގެ ސަބަބުން ދިމާވި މި ޙާލަތާ ގުޅިގެން ޝުޖާޢު އަލީގެ ގޮނޑި ގެއްލުމަކީ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ”އެންޓި-ޑިފެކްޝަން“ އިޞްލާޙުގެ ދަށުން ކައުންސިލަރެއްގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ. މި ނިންމުމާއެކު، ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ކުރިއަށް އޮތް ތަނުގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި