Saturday, 24 October 2026
Ads by

އޮޔަރޒަބަލްގެ ދެ ލަނޑާއެކު އޮސްޓްރިއާ ބަލިކޮށް ސްޕެއިން ގަދަ 16 އަށް!

އޮޔަރޒަބަލްގެ ދެ ލަނޑާއެކު އޮސްޓްރިއާ ބަލިކޮށް ސްޕެއިން ގަދަ 16 އަށް!

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 އިގެ ބުރުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ބުރާސްފަތި ދުވަހު ކުޅުނު ކޮކްއައުޓް މެޗުގައި ސްޕެއިން އިން އޮސްޓްރިއާގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

Ad Image
Ads by

ލޮސް އެންޖެލިސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްޕެއިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިކޭލް އޮޔަރޒަބަލްއެވެ. މިއީ މާކް ކުކުރެއްލާ ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ސްޕެއިންގެ ލީޑު ފުޅާކޮށްދިނީ ޕެޑްރޯ ޕޯރޯއެވެ. 66 ވަނަ މިނެޓުގައި އަލެކްސް ބައޭނާ ނަގައިދިން ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މެޗުގެ ފަހު މިނެޓުގައި އޮޔަރޒަބަލް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ސްޕެއިންއަށް ފުރިހަމަ މޮޅެއް ކަށަވަރުކޮށްދީފައެވެ.

މި މެޗު ބަލާލުމަށް ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޕެނެލޮޕީ ކްރޫޒް އާއި ހާވިއޭ ބާޑެމްގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ރޮޒާލިއާ ވެސް ދަނޑަށް ހާޒިރުވިއެވެ. މުޅި މެޗުގައިވެސް ސްޕެއިން އިން ބޯޅަ ހިފަހައްޓައިގެން ގިނަ ފުރުސަތުތަކެއް އުފެއްދިއިރު، ލަމީން ޔަމާލްގެ ފަރާތުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އޮޔަރޒަބަލް ބުނީ، ޓީމަށް އެހީތެރިވެދެވުނީތީ އުފާކުރާ ކަމަށާއި، އޮސްޓްރިއާއަކީ ވަރުގަދަ ޓީމެއް ނަމަވެސް ސްޕެއިން އިން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށެވެ. ގަދަ 16 ގައި ވާދަކުރަންޖެހޭ ޓީމަކާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ، ޕޯޗުގަލް ނުވަތަ ކްރޮއޭޝިއާ ކުރެ ކޮންމެ ޓީމަކާ ބައްދަލުކުރަން ޖެހުނަސް މައްސަލައެއް ނެތް ކަމަށެވެ.

ސްޕެއިން ދެން ބައްދަލުކުރަން ޖެހޭނީ ޕޯޗުގަލް އާއެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު ޑަލަސްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި