Sunday, 26 July 2026
Ads by

ރަޝިޔާ-ޔޫކްރޭން: ކީވްއަށް ރަޝިޔާއިން ދިން ތާރީޚީ ޙަމަލާތަކާއެކު ޔޫކްރެއިންއިން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކާއި ރެއިލްވޭ ބްރިޖެއް ގޮއްވާލައިފި

ރަޝިޔާ-ޔޫކްރޭން: ކީވްއަށް ރަޝިޔާއިން ދިން ތާރީޚީ ޙަމަލާތަކާއެކު ޔޫކްރެއިންއިން ރަޝިޔާގެ ތެޔޮ ކާރުޚާނާއަކާއި ރެއިލްވޭ ބްރިޖެއް ގޮއްވާލައިފި

2 ޖުލައިގައި ކިއޭވްއަށް ރަޝިއާއިން ދިން ޙަމަލާތަކަށްފަހު، އަލިފާން ނިއްވާ މީހުން އަލިފާންގަނޑެއް ނިއްވަނީ. (ބްލޫމްބާގް)

ޔޫކްރެއިން ހަނގުރާމައިގެ މަސްރަޙު މިވަނީ ދުވަހަކުވެސް ނުދެކޭ ފަދަ ނުރައްކާތެރި، ބޮޑު ކުރިމަތިލުމަކަށް ބަދަލުވެފައެވެ. ރޭގެ ވަގުތެއްގައި ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް 11 ގަޑިއިރުގެ ވަރުގަދަ ޑްރޯން އަދި މިސައިލް ޙަމަލާއެއް ދީފިއެވެ. މި ޙަމަލާގައި 74 މިސައިލާއި 496 ޑްރޯން (ޖުމްލަ 570 އަށްވުރެ ގިނަ އަސްކަރީ އާލަތް) ބޭނުންކޮށްފައިވާއިރު، 21 އާންމުން މަރުވެ 90 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ރައީސް ޒެލެންސްކީ ވަނީ މީގެ ބަދަލު ”ހަމަޔަޤީނުންވެސް“ ހިފާނެ ކަމަށް ބުނެފައެވެ.

Ad Image
Ads by

ނަމަވެސް، ޔޫކްރެއިންއިން ވަނީ ކީވްގެ ދިފާޢުގައި ތިބެމުން، ރަޝިޔާގެ އެންމެ އެތެރެއަށް ކުއްލި ރައްދު ޙަމަލާތަކެއްދީ މުޅި ނިޒާމު ސިއްސުވާލާފައެވެ.

ޔޫކްރެއިންގެ ރައްދު ޙަމަލާތައް

– ތެޔޮ ކާރުޚާނާ ގޮއްވާލުން: ޔޫކްރެއިންގެ ދުރު ރާސްތާ ޑްރޯންތަކުން ވަނީ ރަޝިޔާގެ އެންމެ ބޮޑު އެއް ތެޔޮ ކާރުޚާނާ ހުންނަ ނިޜްނީ ނޮވްގޮރޮޑް ސަރަޙައްދަށް ޙަމަލާދީ، އެތަނުގެ މުހިންމު ޑިސްޓިލޭޝަން ޔުނިޓުތައް ހަލާކުކޮށް، ބޮޑު އަލިފާންގަނޑެއް ރޯކޮށްލާފައެވެ.

– ލޮޖިސްޓިކްސް ހުއްޓުވުން: ހަމައެއާއެކު، ޔޫކްރެއިންގެ ޚާއްޞަ އަސްކަރީ ޓީމުތަކުން ވަނީ ހިފާފައިވާ ލުހާންސްކް ސަރަޙައްދުގެ ސިވަރްސްކީ ޑޮނެޓްސް ކޯރު މަތިން އަޅާފައިވާ މުހިންމު ރޭލުވޭ ބްރިޖެއް ގޮއްވާލާފައެވެ. މިއީ ރަޝިޔާގެ ޓޭންކުތަކާއި ހަތިޔާރު ކުރީސަފަށް ގެންދަން ބޭނުންކުރާ މައި މަގަށްވުމުން، ރަޝިޔާގެ އަސްކަރީ ސަޕްލައި މިހާރު ވަނީ އެ ސަރަޙައްދުން މެދުކެނޑިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި