Sunday, 26 July 2026
Ads by

އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާފަދަ އަރބަން ސެންޓަރަކަށް ނިލަންދޫ ހަދާނަން: ރައީސް

އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާފަދަ އަރބަން ސެންޓަރަކަށް ނިލަންދޫ ހަދާނަން: ރައީސް

ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވަނީ: އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާފަދަ އަރބަން ސެންޓަރަކަށް އެ ރަށް ހަދާނެ ކަމަށް ވިދާޅުވި - ފޮޓޯ:ރައީސް އޮފީސް

ނިލަންދެ އަތޮޅު އުތުރުބުރީގެ ރައްޔިތުން ފަހުރުވެރިވާފަދަ އަރބަން ސެންޓަރަކަށް ނިލަންދޫ ހަދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރޭ ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާ ގޮތަކަށް ކަންކަން ކުރުން ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ތަރައްގީގެ މާސްޓަރ ޕްލޭން އާ އެއްގޮތަށް ހަތް އަރބަން ސެންޓަރު ގާއިމުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ މި ސެންޓަރުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ހިދުމަތްތައް ދެވޭނެ ކަމަށެވެ.

މި ސަރުކާރުން ހާއްސަ ގޮތެއްގައި ނިލަންދޫގެ ތަރައްގީއަށް ކުރުމަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ވަރަށް ތަފުސީލީ ގޮތެއްގައި ރައީސްގެ ވާހަކަފުޅުގައި ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ނިލަންދޫގެ އެއަރޕޯޓު ތަރައްގީ ކުރަން ބިން ހިއްކުމުގެ މަޝްރޫއު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދެ ރިސޯޓެއް ތަރައްގީ ކުރައްވާނެ ކަމަށާއި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ރާވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފަރާތުން އެދިލެއްވި ކަންކަމުގެ އިތުރުން ވެސް ނިލަންދޫ ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.

ނިލަންދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ”އަޅުގަނޑަށް މުހިންމީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާ އެކު ހިދުމަތް ދޭން“ ކަން ފާހަގަކުރައްވާ ރައީސް ވަނީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ހަގީގީ މާނައިގައި އިހުލާސްތެރިކަމާ އެކީގައި މި ގައުމަށް ހަމަޖެހުން ގެންނަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން ”ސިޔާސީ ވީމަ ބަދަލު ހިފުން އެއީކީ ކުރާނެ ކަމެއް ނޫން“ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެއާއެކު އެމަނިކުފާނަށް މުހިންމީ ’ބާރު ސްޕީޑް‘ ގައި ތަރައްގީ ގެންނަން ކަމަށާއި އެކަން ކުރަން ރައްޔިތުންގެ އެއްބާރުލުން ލިބޭ ނަމަ އަވަހަށް ތަރައްގީ ގެނައުމަށް ފުރުސަތު ފަހިވެގެންދާނެ ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި