Sunday, 26 July 2026
Ads by

އިސްލާމީ އުންމަތަށް އެމެރިކާއިން ކުރި ފުރައްސާރަ: ފަލަސްޠީނުގެ ލޭގެ މައްޗަށް ފޭރިފައިވާ ބިމުގައި 1 ޑޮލަރަށް އެމްބަސީ އަޅަން އިޒްރޭލާއެކު އެއްބަސްވެއްޖެ

އިސްލާމީ އުންމަތަށް އެމެރިކާއިން ކުރި ފުރައްސާރަ: ފަލަސްޠީނުގެ ލޭގެ މައްޗަށް ފޭރިފައިވާ ބިމުގައި 1 ޑޮލަރަށް އެމްބަސީ އަޅަން އިޒްރޭލާއެކު އެއްބަސްވެއްޖެ

ޖަރީމާގެ ބައިވެރިން: ޖެރޫސަލަމްގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން، އައު އެމްބަސީ އެޅުމަށް ފޭރިފައިވާ ބިމުން ތަންކޮޅެއް ކުއްޔަށް ހިފި އަގު ކަމަށްވާ ރަމްޒީ އެއް ޑޮލަރުގެ ނޫޓެއް އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރ (ކަނާތްފަރާތުގައި) އާއި އެމެރިކާގެ ސަފީރު މައިކް ހަކަބީ އުފުލާލަނީ. (1 ޖުލައި 2026. އޭ.ޕީ-ޔޮންހަޕް)

ފަލަސްޠީނު ރައްޔިތުންގެ އަތުން އިޒްރޭލުން ގަދަކަމުން ފޭރިގަނެފައިވާ ބިމެއްގައި، އެމެރިކާގެ ދާޢިމީ އެމްބަސީއެއް ބިނާކުރުމަށްޓަކައި އިޒްރޭލުން 99 އަހަރުގެ މުއްދަތަށް އެ ބިން އެމެރިކާއަށް ކުއްލިގޮތަކަށް ކުއްޔަށްދީފިއެވެ. މިއީ އެތައް ހާސް މުސްލިމުންނެއް ޝަހީދުކޮށް، އެމީހުންގެ ގެދޮރާއި، ހަނދާންތަކާއި، އަބުރު ވެއްޔާ މޮޑެލުމަށްފަހު، އެ ބިންތައް ފޭރިގަނެ ދީފައިވާ ޒަޚަމުގައި އެމެރިކާއިން ލޮނު އުނގުޅައި، މުޅި އިސްލާމީ އުންމަތުގެ މޫނުމައްޗަށް ކުޅު ޖަހާ، ކުރި ފުރައްސާރައެކެވެ.

Ad Image
Ads by

އިޒްރޭލަށް ކަނޑައަޅާފައިވާ އެމެރިކާގެ އާ އެމްބަސަޑަރު އަދި ނަޞާރާ ދީނުގެ ފައްޅިއެއްގެ އިސްފާދިރީކަން ކޮށްފައިވާ މައިކް ހަކަބީ ހާމަކުރި ގޮތުގައި، މި ބޮޑު ބިމުގެ ކުލީގެ ގޮތުގައި އެމެރިކާއިން އިޒްރޭލަށް ދައްކާނީ އެންމެ އެމެރިކާ ޑޮލަރެކެވެ. މިއީ 2017 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި އެމެރިކާ އެމްބަސީ ޤުދުސަށް ބަދަލުކުރަން ނިންމި ނިންމުން ޤާނޫނީ ގޮތުން ދާޢިމީކުރުމަށް ހިންގަމުންދާ ޖަރީމާއެކެވެ. އޮހޮރުވާލާ މުސްލިމުންގެ ލެޔާއި، ފޭރިގަންނަމުންދާ މުސްލިމުން މުދަލަކީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމަށް ހަަދައި، އަނިޔާވެރި ޔަހޫދީ އިސްތިއުމާރު ޙަލާލު ކުރުމަށް އެމެރިކާއިން ރާވައިގެން ކުރިއަށް ގެންދާ ބޮޑު ޖަރީމާއެކެވެ.

ޤާނޫނީ ވައްކަމާއި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވުން

– ފޭރުނު ބިމެއް: އިޒްރޭލުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމަށްވާ ’އަދާލާ‘ އިން ހާމަކުރާ ގޮތުގައި، މި ބިމަކީ 1948 ގެ ކުރިން ފަލަސްޠީނުގެ އަމިއްލަ ރައްޔިތުންގެ މިލްކުވެރިކަމުގައި ވަނިކޮށް، އިޒްރޭލުގެ ”އެބްސެންޓީސް ޕްރޮޕަޓީ ލޯ“ ބޭނުންކޮށްގެން ފޭރުނު ބިމެކެވެ.

– ޤާނޫނާ ޚިލާފުވުން: ހޭގް ރެގިއުލޭޝަންސްގެ 46 ވަނަ މާއްދާގެ ދަށުން ހަނގުރާމަވެރި ބާރަކުން އާންމު ރައްޔިތުންގެ އަމިއްލަ މުދަލާއި ބިން ފޭރުމަކީ ބައިނަލްއަޤްވާމީ ގޮތުން މަނާކަމެކެވެ. އެމެރިކާއިން މި ބިން ބަލައިގަތުމަކީ އިޒްރޭލުގެ ވައްކަމުގައި ސީދާ ބައިވެރިވުމެވެ.

އިސްތިޢުމާރީ ބައިވެރިވުމުގެ ބޮޑު ނިޒާމު: ”ބޮޑު ސޯބު އެނބުރޭ ގޮތަށް ކުޑަ ސޯބު އެނބުރުން“

ފަލަސްޠީނުގެ އަތުން ފޭރުނު ބިމެއްގައި އެމެރިކާގެ ދާއިމީ އެމްބަސީ މިފަދައިން ބިނާކުރުމުން ތަމްސީލުވެގެން މިދިޔައީ ދިވެހި ހަރުބަހެއްގައި ބުނާ ފަދައިން، ”ބޮޑު ސޯބު އެނބުރޭ ގޮތަށް ކުޑަ ސޯބު އެނބުރުމެވެ.“ ދުނިޔޭގައި މިއަދު އިސްތިޢުމާރީ (އިމްޕީރިއަލިސްޓިކް) ނިޒާމު އެންމެ ކުރިއަށް ނެރެ، ބާރުގެ ބޭނުންކޮށްގެން ޤައުމުތައް ހަލާކުކޮށް ކޮންޓްރޯލް ކުރާ އެންމެ ބޮޑު މުގުލަކީ އެމެރިކާއެވެ. ވުމާއެކު، އިޒްރޭލުން ހިންގާ ނަސްލުހޭދު (ޖެނޮސައިޑް) އާއި ބިން ފޭރުމުގެ ޖަރީމާތައް އެމެރިކާއިން ހުއްޓުވާނެ ނުވަތަ އެކަމަށް އިންޞާފު ހޯދައިދޭނެ ކަމަށް އުންމީދު ކުރުމަކީ އަމިއްލަ ނަފްސަށް އޮޅުވާލުމެކެވެ. އިޒްރޭލަކީ އިސްތިޢުމާރުގެ ބައްޕަ އެމެރިކާއިން ދޮންފުތުކޮށްގެން ގެންގުޅޭ، ބައްޕަގެ ނުކިއްސަރު ފިޔަވަޅު މަތީން ހިނގާ ދަރިއެކެވެ.

އަނެއްކޮޅުން، އެމެރިކާގެ ވެރިކަންކުރާ މަތީފަޑިއާއި ސިޔާސީ ނިޒާމުގެ ބޮޑު ބަޔަކަށް ނުފޫޒު ފޯރުވަނީ އެ ޤައުމުގެ ހަރުކަށި ނަޞާރާ ދީނުގެ ފާދިރީންނާއި ދީނީ ފައްޅިތަކެވެ. އެމީހުންގެ ޢަޤީދާއަކީ އަމިއްލަ ޤައުމުގެ މަޞްލަޙަތަށްވުރެ އިޒްރޭލު ދިފާޢުކުރުމަކީ ދީނީ ގޮތުން މަޖުބޫރުކަމެއް ކަމެވެ.

އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ހިލޭ ދިނުމާއި، އދ. ގެ ސަލާމަތީ މަޖިލީހުގައި ”ވީޓޯ“ ގެ އައްޑަނަ ބޭނުންކުރުމުގެ އިތުރުން، އެންމެ 1 ޑޮލަރަށް ފޭރުނު ބިން ކުއްޔަށް ހިފުމުން އެމެރިކާއިން އެ ސާބިތުކޮށްދިނީ އެމީހުންގެ އަސްލު ސޫރައެވެ. ފަލަސްޠީނުގެ އިސްތިޢުމާރާ ދެކޮޅު ހަދާ ކޮންމެ މީހަކީ، އެމެރިކާގެ މި ބޮޑު އިސްތިޢުމާރީ ނިޒާމާވެސް ސީދާ ދެކޮޅުވާންޖެހޭނެ މީހެކެވެ.

މުސްލިމް ޤައުމުތަކުގެ ލީޑަރުންގެ ޚިޔާނާތް: ”ލަނޑަޔާ ވާނީ ލަނޑަޔާ“

ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެތަންތަނުގައި އެމެރިކާގެ އެމްބަސީތައް އަޅަމުންދާ އިރު، އިސްލާމީ އުއްމަތުގެ ވެރިންގެ ފަރާތުން ފެންނަމުންދާ ހިމޭންކަމަކީ ތާރީޚުގެ ސަފުހާތަކުގައި ފާހަގަކުރެވޭނެ އެންމެ ބޮޑު ޚިޔާނާތެވެ. ރައްޔިތުން ކުރިމަތީގައި ފަލަސްޠީނުގެ ޙައްޤުގައި ވާހަކަ ދައްކަމުން، ފަރުދާގެ ފުރަގަހުގައި އެމެރިކާއާއި އިޒްރޭލުގެ ވިޔަފާރީގެ ގުޅުންތަކާއި، ސަލާމަތީ އެއްބަސްވުންތައް ދަމަހައްޓާ މަންޒަރުން އުފެދޭ ސުވާލުތައް ގިނައެވެ. އިސްލާމީ ޤައުމުތަކުގެ ލީޑަރުންގެ ފަރާތުން ފެންނަމުންދާ ޢަމަލުތަކާއި، އެމީހުން ދައްކާ ވާހަކަތައް މިވަނީ އެއް ވާނެއްގައި ނުހިފެހެއްޓިފައެވެ.

– އެއްބަސްވުންތަކުގެ ހަޤީޤަތް: އެއްފަރާތުން ފަލަސްޠީނަށް ހަމްދަރުދީ ފާޅުކުރަމުން، އެބްރަހަމް އެކޯޑްސް ފަދަ އިޒްރޭލާއެކު އޮތް ވިޔަފާރީގެ ގުޅުންތަކާއި އިޤްތިޞާދީ މަޝްރޫޢުތައް ދަމަހައްޓަމުން ދިއުމަކީ ކޮންފަދަ ހަމައެއް ހެއްޔެވެ؟

– ހިމޭންކަމުގެ އަގު: އެމެރިކާގެ ރުހުން ހޯދުމަށްޓަކައި ޢަރަބި ވެރިން ހަނުތިބުމަކީ ޙަޤީޤަތުގައި އެމީހުންގެ ސިޔާސީ މަޤާމު ދެމެހެއްޓުމަށްޓަކައި، ފަލަސްޠީނުގެ ލެއިން އަދާކުރާ އަގުކަމުގައި ވެދާނެ ހެއްޔެވެ؟

– ވަފާތެރިކަން ކޮންތަނަކަށް؟: އިސްލާމްދީނާ އުއްމަތަށްވުރެ ބޮޑަށް، ބައިނަލްއަޤްވާމީ މައިދާނުގައި ކާފަރު ބާރުތަކުގެ ރުހުން ހޯދުން މުހިންމުވެފައިވާކަން، މިހާރުގެ ސިޔާސީ ލީޑަރުންގެ ފިޔަވަޅުތަކުން މިވަނީ ސާފުކޮށް ފެންނަން.

އަލްމާއިދާ ސޫރަތުގެ 51 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ:

۞يَآأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ ٱلۡيَهُودَ وَٱلنَّصَٰرَىٰٓ أَوۡلِيَآءَۘ بَعۡضُهُمۡ أَوۡلِيَآءُ بَعۡضࣲۚ وَمَن يَتَوَلَّهُم مِّنكُمۡ فَإِنَّهُۥ مِنۡهُمۡۗ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! يهودي ންނާއި نصارى އިން އެއީ ސަހަރޯވެރި نصر ވެރިންކަމުގައި ކަލޭމެން ނުބަލާށެވެ. إختيار ނުކުރާށެވެ! އެމީހުންގެ އެއްބަޔަކު އެއީ އަނެއްބައެއްގެ ސަހަރޯވެރި نصر ވެރިންނެވެ. (ކޮންމެބަޔަކީވެސް مؤمن ންނާއި އިދިކޮޅު މީހުންނެވެ.) އަދި ކަލޭމެންކުރެން އެމީހުން އެއީ ތިމާމެންގެ ސަހަރޯވެރިންކަމުގައި ހަދައިފިބަޔަކު އެއީ ހަމަ އެމީހުންގެ މީހުންނެވެ. (ލަނޑަޔާ ވާނީ ލަނޑަޔާއެވެ.) ހަމަކަށަވަރުން އަނިޔާވެރިބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.

ޙަޤީޤީ މުޖާހިދުންގެ މަގު: ޤުރްއާނާއި ސުންނަތަށް ރުޖޫޢަވުން

އަޅުގަނޑުމެން މިއަދު މިހޯދަނީ ޢުމަރު ބިން އަލްޚައްޠާބާއި، ޞަލާޙުއްދީނުލް އައްޔޫބީ ފަދަ ބޭކަލުންގެ ޖީލެކެވެ. އެ ބޭކަލުންގެ ވެރިކަމުގައި، އެއްވެސް ލީޑަރަކު ބޭރުގެ އިސްތިޢުމާރީ ބާރުތަކަށް ބިރުން، ނުވަތަ އެމީހުންގެ ރުހުން ހޯދަން މަސައްކަތެއް ނުކުރައްވައެވެ.

– ޞަލާޙުއްދީނުގެ ނަމޫނާ: އެކަލޭގެފާނު ޤުދްސު މިނިވަންކުރެއްވީ އެއްވެސް ބާރެއްގެ ކުރިމަތީގައި ކުޑަކަކޫ ޖެއްސެވުމެއް ނެތި، ﷲ ގެ ރުއްސެވުން އިސްކުރައްވައިގެންނެވެ.

– މިއަދުގެ ޙަޤީޤަތް: މިއަދުގެ ލީޑަރުންގެ ފަރާތުން ފެންނަނީ ޖިހާދާއި ޙައްޤަށްޓަކައި ތެދުވުމުގެ ބަދަލުގައި، ވެރިކަމުގެ ގޮނޑި ހިމާޔަތްކުރުމަށްޓަކައި ޢަދުއްވުންނަށް ކިޔަމަންވުމެވެ.

އަޅުގަނޑުމެން ވިސްނަންވީ، މިފަދަ ލީޑަރުންނަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި، އެނބުރި ރުޖޫޢަވާންވީ ކީރިތި ޤުރްއާނާއި ސުންނަތަށް ކަމެވެ. ޙައްޤު މަގުގައި ސާބިތުވެ ތިބި މުޖާހިދުންގެ މަގު ޚިޔާރުކޮށް، އެއް ބައިގަނޑެއްގެ ގޮތުގައި، އެއް ދިދައެއްގެ ދަށުގައި، އެއް އުއްމަތެއްގެ ގޮތުގައި ތެދުވުން ނޫން ގޮތެއް މި އުއްމަތަށް ދެން ނެތެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި