އިންޑިއާގެ އަޔޯދިޔާގައި ހުރި ތާރީޚީ ބާބްރީ މިސްކިތް ބިމާހަމަކޮށް، 2,000 އަށްވުރެ ގިނަ މުސްލިމުންގެ ލެއާއި ފުރާނައިގެ މައްޗަށް ބިނާކުރި ރާމް މަންދިރް (ހިންދޫ ފައްޅި) އަށް ހިންދޫ އާންމުން ދިން ފަންޑުން 20 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 308 މިލިއަން ދިވެހި ރުފިޔާ) ގެއްލުނު މައްސަލައިގެ ތަޙުޤީޤަށް ނުފޫޒު ފޯރުވައި، މައްސަލަ އޮއްބާލަން މަސައްކަތް ކުރަމުންދާކަން ފަޅާއަރައިފިއެވެ.
އިދިކޮޅު ޕާޓީތަކާއި މިނިވަން މީޑިއާތަކުން ފާސްކޮށްފައިވާ ރިޕޯޓްތަކުން އެނގޭގޮތުގައި، އުއްތަރް ޕްރެދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔަނާތު އެކުލަވާލި ޚާއްޞަ ތަޙުޤީޤީ ޓީމު (އެސް.އައި.ޓީ) އަކީ މި ވައްކަމުގައި ހިމެނޭ ހިންދޫތުވާ އިސް ލީޑަރުން ސަލާމަތްކުރުމަށްޓަކައި ހެދި ބޮޑު ދިފާޢީ އައްޑަނައެކެވެ.
ތަޙުޤީޤުގެ ނާކާމިޔާބީއާއި ޤަޞްދުގައި ހިންގާފައިވާ އިހުމާލުތައް
މި ބޮޑު ޚިޔާނާތް ފެންމަތިވުމާއެކު އުފެއްދި އެސް.އައި.ޓީ ގެ މަސައްކަތްތަކަށް ބަލާއިރު، މިއީ ހަމައެކަނި ލޮލުގައި އަނދުން އެޅުވުމެއްކަން ހާމަވެއެވެ. ’ދަ އިންޑިއަން އެކްސްޕްރެސް‘ އާއި މިނިވަން ދިރާސާވެރިން ފާހަގަކުރާ ގޮތުގައި ތަޙުޤީޤުގައި ހުރި ބޮޑެތި މައްސަލަތަކަކީ:
– އިސް ބޮޑުންނާ ސުވާލު ނުކުރުން: ފައްޅި ބެލެހެއްޓުމާ ހަވާލުވެގެން ތިބި ރާމް ޖަންމަބޫމީ ޓީރްތު ކްޝެތުރާ ޓްރަސްޓުގެ އިސް ހިންދޫ ލީޑަރުންނާއި، ބީޖޭޕީގެ މުގުލުގައި ތިބި މީހުންނާ ސުވާލުކުރުމަށް އެސް.އައި.ޓީ އިން ވަނީ ފަސްޖެހިފައެވެ.
– ލިޔެކިޔުންތައް ނައްތާލުން: ފައްޅިއަށް ދުވާލަކު ލިބޭ 10,000 އިން 60,000 އާ ދެމެދުގެ ޑޮލަރުގެ ނަގުދު ފައިސާގެ (ހިލޭ އެހީ) އެއްވެސް އޮޑިޓް ރެކޯޑެއް ބަލަހައްޓާފައެއް ނުވެއެވެ. އަދި ތަޙުޤީޤު ފެށުމުގެ ކުރިން ބައެއް މުހިންމު ރެކޯޑުތައް ވަނީ ޤަޞްދުގައި އަންދާލާފައެވެ.
– ކުދި މުވައްޒަފުންގެ ބޮލަށް ކަނޑާލުން: މި ބޮޑު ވައްކަމުގެ އިލްޒާމް އަޅުވަމުންދަނީ ފައްޅީގެ ކުދި ކްލޭރިކަލް މުވައްޒަފުންނާއި ބޭންކުތަކުގެ ތިރީ ފަންތީގެ އޮފިޝަލުންގެ ބޮލުގައެވެ. ނަމަވެސް، 20 މިލިއަން ޑޮލަރު ފަދަ ބޮޑު ޢަދަދެއް ސިޔާސީ އަދި ދީނީ ބޮޑުންގެ ހުއްދައާއި ބައިވެރިވުމެއް ނެތި ނަގާލުމަކީ މުސްތަޙީލު ކަމެކެވެ.
އަނިޔާވެރިކަމުގެ މައްޗަށް ބިނާކުރި ޝިރުކުގެ ބާތިލް ނިޒާމު
މި ލީޑަރުން އާންމު ހިންދޫންގެ ކުރިމަތީގައި އެމީހުންގެ މާލީ އަދި އަސްކަރީ ޖަރީމާތައް ދިފާޢުކުރަނީ ”ޤައުމީ އަދި ދީނީ ފަޚުރެއްގެ“ ގޮތުގައެވެ. 1992 ގައި ބާބްރީ މިސްކިތް ތަޅާލައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް މުސްލިމުން ކޮށައި، ޤަތުލުޢާންމު ހިންގުމަށްފަހު އެތަނުގައި ފައްޅި އެޅުމަކީ ކަލާނގެއަށް ޓަކައި ކުރި ”މުޤައްދަސް“ ކަމެއްގެ ގޮތުގައި އެމީހުން ދައްކައެވެ.
އަނިޔާވެރިކަން ނިމިދެއެވެ. އަދި ބާޠިލުގެ މައްޗަށް ޙައްޤު ވަރުގަދަވެއެވެ.
މި ކުޅިގަނޑުގައި އެންމެ ބޮޑަށް ގެއްލުމެއް ލިބެނީ އާންމު ހިންދޫ ރައްޔިތުންނަށެވެ. އެމީހުން ހަރުކަށި ހިންދޫވްތާ ލީޑަރުންގެ ބަސްތަކަށް ހެއްލި، މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގައި ބައިވެރިވެ، ބާބްރީ މިސްކިތް ތަޅާލާ ބިނާކުރި ފައްޅީގައި ބަހައްޓާފައިވާ ބުދުތަކައްޓަކައި އެމީހުންގެ ބުރަ މަސައްކަތުން ހޯދާ ލާރިން ދޭ ޞަދަޤާތްތައްވެސް، ހަރުކަށި ލީޑަރުން މިވަނީ ފޭރިގަނެފައެވެ. މިއަދު އިންޑިއާގެ އާންމު ހިންދޫންނަށް ބާރުވެރިކަމުގައި ތިބެވެސް ލިބޭ ޙަޤީޤީ ދުނިޔަވީ މަންފާއެއްވެސް ނެތެވެ.
ނަމަވެސް، މުސްލިމުންގެ ބިން ފޭރިގަނެ، ލޭގެ ކޯރުތަކެއްގެ މަތީގައި ހެދި ބިނާގެ ތެރެއިން މި ފެށުނު ކޮރަޕްޝަނަކީ އިލާހީ ޢަދުލުވެރިކަމުގެ ފެށުމެއް ކަމުގައި ވެދާނެއެވެ. ދީނުގެ ނަމުގައި ވައްކަންކޮށް، އިންސާނިއްޔާތާ ޚިލާފު ޖަރީމާތައް ހިންގި ހިންދޫތުވާ ލީޑަރުންގެ ބާރު ކެނޑި، އެމީހުންގެ ނިމުން އަމިއްލަ ދަހިވެތިކަމުގެ ތެރެއިންނާއި މުސްލިމު އަބްޠާލުންގެ އަތްތަކުން އައިސް ތާރީޚުގެ ކުނިވަށިގަނޑަށް ވެއްޓިގެންދާނެކަމީ ހިންދުކަރަ ފަތަޙަވާނެކަމަށް އޮތް ޙަދީޘުން ކަށަވަރުވާކަމެކެވެ.












