Wednesday, 9 September 2026
Ads by

ބީއެމްއެލް އެމެކްސް ކަސްޓަމަރުންނަށް ރަނުގެ ފުރުސަތެއް: ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް އެމެކްސް ކަސްޓަމަރުންނަށް ރަނުގެ ފުރުސަތެއް: ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް ދުނިޔޭގެ އެންމެ ފޯރިގަދަ އެއް ކުޅިވަރު ކަމަށްވާ ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ފޯރި ސީދާ ރޭސް ޓްރެކުން ތަޖުރިބާކޮށްލުމުގެ ރަން ފުރުސަތެއް އެ ބޭންކުން ހުޅުވާލައިފިއެވެ.

Ad Image
Ads by

ބީއެމްއެލް އިން އަލަށް ފެށި މި ޚާއްސަ ޕްރޮމޯޝަނަކީ އެ ބޭންކުގެ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މިއީ ކަސްޓަމަރުންނަށް އަގުހުރި ތަޖުރިބާތަކާއި، ދިރިއުޅުމުގެ އުފާވެރިކަން އިތުރުކޮށްދިނުމަށް ބޭންކުން ދެމުންދާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލްގެ އެމެކްސް ޕްލެޓިނަމް ކާޑުތައް ބޭނުންކޮށްގެން ރާއްޖޭގެ މާކެޓުގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އިތުރު މީހަކާއެކު ސިންގަޕޫރުގެ ފޯރިގަދަ ރޭސް ބަލާލުމުގެ ހުރިހާ ޚަރަދެއް ބޭންކުން ހަމަޖައްސައިދޭނެއެވެ.

ނަސީބުވެރި ފަރާތަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

  • 2026 ވަނަ އަހަރުގެ ފޯމިއުލާ 1 ސިންގަޕޫރު އެއާލައިންސް ގްރޭންޑް ޕްރީގެ ތިން ދުވަހުގެ އެކްސެސް.
  • އެމެކްސް ސްކައި ސޫޓްގެ 2 ޓިކެޓް.
  • ނަސީބުވެރި ފަރާތާއި އިތުރު މީހެއްގެ ދެކޮޅު ޓިކެޓް.
  • އިވެންޓް ކުރިއަށްދާ މުއްދަތުގައި ހޮޓެލް އެކޮމޮޑޭޝަން.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މިއީ އެ ބޭންކުގެ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ލައިފްސްޓައިލް މަންފާތަކާއި، މަދުން ނޫނީ ނުލިބޭނެ ފަދަ ތަފާތު ފުރުސަތުތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މި ޕްރޮމޯޝަނުގެ ސަބަބުން ކަސްޓަމަރުންނަށް ބޭންކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ތަފާތު ތަޖުރިބާތަކެއް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި