Saturday, 24 October 2026
Ads by

މޭރީގެ މަރު: މާވިންގެ ލޯބިވެރިޔާ ލަމްހާ 15 އަހަރަށް ޖަލަށް

މޭރީގެ މަރު: މާވިންގެ ލޯބިވެރިޔާ ލަމްހާ 15 އަހަރަށް ޖަލަށް

މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ، ޙަލީމަތު ލަމްހާ އަބްދުއްރަޙުމާން 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. އަދި މި މައްސަލައިގައި މޭރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށްލުމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

Ad Image
Ads by

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ކުށްވެރިންގެ އަދަބުގެ ދަރަޖަ މަތިކޮށްދިނުމަށް އެދިފައެވެ. ދައުލަތުން ފާހަގަކުރި ގޮތުގައި، ކުށްވެރިންނަކީ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ބަޔަކަށް ވެފައި، މި އަމަލު ހިންގާފައިވަނީ އިންސާނީ ކަރާމާތަށް ބެލުމެއް ނެތި، ރަހުމު ކުޑަކޮށް، އަމިއްލަ އެދުމުގެ މަތިންނެވެ.

މީގެ އިތުރުން، މި އަމަލުގެ ސަބަބުން އަމިއްލަ ގައުމު ނޫން އެހެން ގައުމެއްގައި މައިމީހާ މަރުވެ، ކުޑަ ދަރިފުޅަށް ނިކަމެތިކަން ލިބިފައިވާކަންވެސް ދައުލަތުން ފާހަގަކުރިއެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ލަމްހާގެ ދިފާއީ ވަކީލު ވަނީ ލަމްހާގެ ޖަލު އަދަބު ލުއިކޮށްދީ، ގޭބަންދު ނުވަތަ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ސަބަބެއްގެ ގޮތުގައި ވަކީލު ފާހަގަކުރެއްވީ، ލަމްހާއަކީ އެކަނިވެރި މައެއްގެ ހުރި ހަމައެކަނި ދަރިފުޅަށް ވުމާއި، ތަޢުލީމާއި ހުނަރު ލިބިފައިވާ މީހަކަށް ވާތީ މުޖުތަމަޢަށް އަނބުރާ ނެރުމަށް ފުރުސަތު ދިނުމެވެ. ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ލަމްހާގެ އަދަބު ލުއިކުރަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ޙާލަތެއް ނެތްކަމަށެވެ.

އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އިތުރުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަޢުވާވެސް ލަމްހާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

މި ދެ ދަޢުވާއާ ގުޅިގެން 3 މަހާއި އަދި 1 މަހާއި 15 ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. ލަމްހާ ބަންދުގައި ހޭދަކުރި 3 އަހަރަށްވުރެ ގިނަ ދުވަސް އުނިކުރުމުން، އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ 11 އަހަރުގެ ޖަލު އަދަބެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި