Saturday, 24 October 2026
Ads by

މޭރީގެ މަރު: ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މޭރީގެ މަރު: ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން (މިހާރުގެ ނަމުން ޔޫސުފް) 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

Ad Image
Ads by

އޮކްޓޫބަރު 2021 ގައި މޭރީ ގްރޭސްއަށް ހަމަލާދީ އޭނާ މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން މާވިންގެ މައްޗަށް ދައުވާކުރިއެވެ. މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ މާވިން އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ތަހުގީގަށްފަހު ދައުލަތުން ތުހުމަތުކުރީ މޭރީ މަރާލީ މާވިން ކަމަށެވެ. މި މައްސަލާގައި މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހު ކަނޑައަޅާފައެވެ.

މިއަދު ބޭއްވި އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި ދައުލަތުން އެދުނީ މާވިންގެ އަދަބު އަށް ދަރަޖަ މަތިކޮށް، 25 އަހަރަށް ޖަލަށްލުމަށެވެ. އެނގިހުރެ މީހަކު މަރާލުމުގެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުން ކަމަށްވާއިރު، މާވިންގެ ފަރާތުން އެދުނީ އެންމެ ކުޑަ އަދަބެއް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ ދައުލަތުން އެދުނު ގޮތަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ގާޒީ ފާހަގަކުރެއްވި ގޮތުގައި މިފަދަ ހަރުކަށި އަދަބެއް ދިނީ މޭރީގެ އެއްވެސް ކުށެއް ނެތި މަރާލާފައިވުމާއި، މަރު ފޮރުވަން މަސައްކަތް ކުރުމާއި، އަދި އެމީހުންގެ ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވެފައިވާތީއެވެ.

މި މައްސަލައާ ގުޅިގެން މާވިން ބަންދުގައި ހަތަރު އަހަރާއި ހަ މަހާއި ހަތަރު ދުވަސް ހޭދަކޮށްފައިވާތީ، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހުގެ ޖަލު އަދަބެކެވެ. މޭރީގެ މަރަށްފަހު މާވިން ވަނީ އިސްލާމްދީން ގަބޫލުކޮށް އޭނާގެ ނަން ޔޫސުފް އަށް ބަދަލުކޮށްފައެވެ.

މި މައްސަލާގައި މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމާފައިވާއިރު، އޭނާގެ މައްޗަށް ވެސް މިއަދު އަދަބު ކަނޑައަޅަން ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި