Saturday, 24 October 2026
Ads by

އާރަށުގެ މައްސަލަ: އައު ހެކި ބަލައިނުގަންނަން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

އާރަށުގެ މައްސަލަ: އައު ހެކި ބަލައިނުގަންނަން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހުށަހެޅި އައު ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފިއެވެ.

Ad Image
Ads by

ވ. އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތުގައި ޚިޔާނާތްތެރިވިކަމުގެ ތުހުމަތު ސާބިތުވެ، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ނިންމީ 2024 ވަނަ އަހަރުގެ އެޕްރިލް މަހުގެ 18 ވަނަ ދުވަހުއެވެ.

އެ މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ކަނޑައެޅުމުން، ދައުލަތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ، އައު ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅާފައެވެ. މި މައްސަލައިގައި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު އިއްވެވި ރައުޔަށް، ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ވަނީ ތާއީދުކުރައްވާފައެވެ.

ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ފާހަގަކުރެއްވި ގޮތުގައި، ހައިކޯޓުގައި އައު ހެކިތަކާ މެދު ދައުލަތުން ފާހަގަކޮށްފައިނުވާ ނުކުތާތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ ނުކުތާތަކަށް ގޮތެއް ކަނޑައަޅަންޖެހޭ ފަދަ އިސްތިސްނާ ހާލަތެއް ދައުލަތަށް ބުނެދެވިފައެއް ނުވެއެވެ. އަދި ދައުލަތުގެ ފަރާތުން ހަދާ އިޖުރާއީ ގޯސްތަކަށް ކޯޓުތައް މެދުވެރިކޮށް ފަރުވާ ހޯދައިދިނުމަކީ ޝަރީއަތް ހިންގުމުގެ ހަމަހަމަ އުސޫލާ ޚިލާފު ކަމެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން، އައު ހެކި ބަލައިގަނެވޭނީ އެ ހެއްކަކީ ދަށު ކޯޓުގެ މަރުހަލާގައި ހޯދިފައިނުވާ، މައްސަލައިގެ މައުޟޫއަށް އަސަރުކުރާ، އަދި ސައްހަކަމާމެދު ސުވާލު ނުއުފެދޭ ހެއްކަކަށް ވާނަމަ ކަމަށް ކަނޑައަޅުއްވާފައިވެއެވެ.

ސުޕްރީމް ކޯޓުން މި މައްސަލައާމެދު ގޮތެއް ނިންމަންދެން، ކްރިމިނަލް ކޯޓުގައި އަލުން ބަލަމުންދިޔަ އާރަށު މައްސަލައިގެ ޝަރީއަތް އޮތީ މަޑުޖައްސާލާފައެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، ދެން ކްރިމިނަލް ކޯޓުން މި މައްސަލަ ބަލަމުންދާނީ ދައުލަތުން ހުށަހެޅި އައު ހެކިތައް އެއްފަރާތްކުރުމަށްފަހުގައެވެ. މި މައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްވެސް ހައިކޯޓުން ބާތިލުކޮށްފައިވާއިރު، އޭނާގެ މައްސަލަވެސް އަލުން ބަލާނީ އައު ހެކިތަކަށް ރިއާޔަތްކުރުމެއް ނެތިއެވެ.

ވ. އާރަށުގެ މައްސަލައިގެ އިތުރުން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރީގެ މުއާމަލާތާ ގުޅިގެންވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމްވެސް ހައިކޯޓުން ބާތިލުކޮށް އަލުން ބެލުމަށް އަންގާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތްވެސް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ކުރިއަށްދަމުންނެވެ. އަދި ހަމައެއާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަނާއެކު ހަދާފައިވާ އެސްކްރޯ އެކައުންޓެއްގައި ހުރި 1 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ރައީސް ޔާމީން ކުރައްވާ ދައުވާގެ މައްސަލަވެސް ހައިކޯޓުގައި ދަނީ ކުރިއަށްދަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި