Sunday, 25 October 2026
Ads by

އެމްބާޕޭގެ ރެކޯޑު ލަނޑާއެކު، ސްވިޑެން ބަލިކޮށް ފްރާންސް އިން މުބާރާތުގެ ގަދަ 16 އަށް!

އެމްބާޕޭގެ ރެކޯޑު ލަނޑާއެކު، ސްވިޑެން ބަލިކޮށް ފްރާންސް އިން މުބާރާތުގެ ގަދަ 16 އަށް!

ފީފާ ވޯލްޑްކަޕް 2026 ގެ ރައުންޑް އޮފް 32 ގައި ރޭ ސްވިޑެން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެންމެ ފަހުގެ ރަނަރަޕް ފްރާންސް އިން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

Ad Image
Ads by

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ފްރާންސް ރައުންޑް އޮފް 32 އަށް ދަތުރުކުރީ ގްރޫޕް އައިގެ އެއްވަނަ ޓީމުގެ ގޮތުގައި ނުވަ ޕޮއިންޓާއެކުގައެވެ. އަދި ސްވިޑެން މި ބުރަށް ކޮލިފައިވީ ގްރޫޕް އެފްގެ ތިންވަނަ ޓީމުގެ ގޮތުގައި، ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ފްރާންސް އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކެޕްޓަން ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ކުރިން މެޗުގެ 21 ވަނަ މިނެޓުގައި ވެސް ފްރާންސް އިން ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މެޗުގެ ދެވަނަ ހާފުގައި ފްރާންސް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ޒުވާން ފޯވާޑް ބްރެޑްލީ ބާކޯލާ ވަނީ ލަނޑެއް ޖަހައި ފްރާންސްގެ ލީޑު ފުޅާކޮށްދީފައެވެ. އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަނެއްކާވެސް އެމްބާޕޭއެވެ. މިއީ މި މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ހަވަނަ ލަނޑެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު، ވޯލްޑްކަޕް ތާރީޚުގައި އެމްބާޕޭ ޖެހި ލަނޑުގެ ޖުމްލަ އަދަދު މިވަނީ 18 އަށް އަރާފައެވެ. މިއާއެކު އޭނާ ވަނީ ވޯލްޑްކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި