Sunday, 26 July 2026
Ads by

”ހެޔޮ އަމަލެއް ކުރިއަސް އެކަމުގެ ފަހަތުގައި ވަނީ މުސްލިމުން ބައިބައިކުރުން ކަމަށްވާނަމަ އެއީ ބާތިލު ކަމެއް“

”ހެޔޮ އަމަލެއް ކުރިއަސް އެކަމުގެ ފަހަތުގައި ވަނީ މުސްލިމުން ބައިބައިކުރުން ކަމަށްވާނަމަ އެއީ ބާތިލު ކަމެއް“

ޝެއިހް ޒަމްޒަމް---

ހެޔޮ އަމަލެއް ކުރި ނަމަވެސް، އެކަމުގެ ފަހަތުގައި ވަނީ މުސްލިމުންނަށް ގެއްލުންދީ މުސްލިމުން ބައިބައިކުރުން ކަމަށްވާނަމަ އެއީ ބާތިލު ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝެއިހް ޒަމްޒަމް މި މޭރުމުން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އިބްރާހީމް މުޙައްމަދު، އިދިކޮޅު އެމްޑީޕީގެ ލީޑަރޝިޕަށް ނިސްބަތްވާ ބޭފުޅުން އަލްޙަމްދު ކިޔަން ބުނި ނަމަވެސް އެކަން ނުކުރުމަށް ވިދާޅުވުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ފާޑުކިޔުން އަމާޒުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން މެންބަރު އިބްރާހީމް ވިދާޅުވީ، އެފަދަ މޭރުމަކުން ވިދާޅުވީ އެމްޑީޕީން ގައުމުގައި ހަމަނުޖެހުން ހިންގުމަށް ރާވަމުން އަންނަ ރޭވުންތަކާ ގުޅިގެން ކަމަށެވެ. އެއްވެސް ހާލެއްގައި އެއީ ހައްގު ބަހެއް ބުނެވޭ ހިނދު އެކަމަށް ބީރު ކަންފަތެއް ދިނުމަށް ހިތްވަރު ލިބޭގޮތަށް ދެއްކެވި ވާހަކައެއް ނޫން ކަމަށް މެންބަރު އިބްރާހީމް ވިދާޅުވިއެވެ.

މިކަމަށް އިޝާރަތްކުރައްވައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝެއިހް ޒަމްޒަމް ވިދާޅުވީ، ހެޔޮ އަމަލެއް ކުރުމަށް މީހަކު އެދިލާ ކޮންމެ ފަހަރަކީ އެކަމުގެ ފަހަތުގައި ނުބައި ރޭވުންތަކެއް ހުރެދާނެ ކަމެއް ކަމާމެދު ވިސްނައި ހަގީގަތް ބެލުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން އެފަދަ މީހުންގެ ނިޔަތާ މެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށް ޝެއިހް ވިދާޅުވިއެވެ.

މީގެ އިތުރުން ގެއްލުމާއި ފިތުނައިގެ މައްޗަށް ބިނާވެފައިވާ ތަންތަން ނައްތާލުމަކީ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝެއިހް ވިދާޅުވީ، މުސްލިމުންގެ މެދުގައި ފިތުނަ އުފައްދައި، މުސްލިމު ގައުމުތަކަށް ގެއްލުންދޭން ހަދާ ތަންތަން ނައްތާލުމުގެ ބާރު ވެރިންނަށް ދެއްވާފައިވާ ކަމަށެވެ. ހެކި ދެއްކެވުމުގެ ގޮތުން ޝެއިހް ޒަމްޒަމް ވަނީ ތައުބާ ސޫރަތުގެ 107 އަދި 108 ވަނަ އާޔަތަށް އަލިއަޅުއްވާލައްވައިފައެވެ.

އެ އާޔަތްތައް ބާވައިލެއްވުނީ، ނަބިއްޔާ ﷺ ގެ ޒަމާނުގައި މުނާފިގުން ނުބައި ރޭވުންތައް ރާވައި މުސްލިމުން ބައިބައިކުރަން ފަސޭހަވާނެ ފަދަ މަރުކަޒެއް މަދީނާގައި ހެދުމަށް ނިންމައި އެކަމަށްޓަކައި، ”މިސްކިތެއް“ ބިނާކުރުމަށް ނިންމުމާ ގުޅިގެންނެވެ. އެ މިސްކިތް ބިނާކޮށް ނިންމީ ރަސޫލާ ﷺ ތަބޫކު ހަނގުރާމައަށް ތައްޔާރުވެލައްވަމުން ގެންދެވި ވަގުތުގައެވެ. މިސްކިތް ބިނާކުރުމަށްފަހު މުނާފިގުންގެ ބަޔަކު ރަސޫލާ ﷺ ގެ އަރިހަށް ގޮސް އެތަނުގައި ބަރަކާތް ލައްވަވާތޯ އެތަނަށް ވަޑައިގެން އިމާމުވެ ނަމާދެއް ކޮށްދެއްވުމަށް އެދުނެވެ. ނަމަވެސް އެ މީހުންގެ ނުބައި ނިޔަތް އެ ވަގުތު އެނގިވަޑައިނުގަންނަވާތީ، ހަނގުރާމައިން އެނބުރިވަޑައިގެން އެތަނުގައި ނަމާދު ކޮށްދެއްވާނެ ކަމަށް ރަސޫލާ ﷺ އެއްބަސްވެވަޑައިގަތެވެ.

ނަމަވެސް ތަބޫކު ހަނގުރާމަ ނިންމަވާފައި ރަސޫލާ ﷺ މަދީނާގެ ކައިރިއަށް ފޯރިތަނާ ޖިބްރީލްގެފާނު ވަޑައިގެން އެ މިސްކިތުގެ ހަގީގަތް އެކަލޭގެފާނަށް ހާމަކޮށްދެއްވައި ތައުބާ ސޫރަތުގެ 107 އަދި 108 ވަނަ އާޔަތް ބާވައިލެއްވިއެވެ. މިސްކިތުގެ ހަގީގަތް އެނގިލެއްވުމާއެކު، ރަސޫލާ ﷺ މަދީނާއަށް ވަދެވަޑައިގަތުމުގެ ކުރިން ސަހާބީންގެ ޖަމާއަތެއް އެ މިސްކިތް ދޮށަށް ފޮނުއްވައި އެތަން ތަޅާލައި އަންދާލުމަށް އެކަލޭގެފާނު އަމުރުފުޅުކުރެއްވުމުން ސަހާބީ ބޭކަލުން އެތަނުގައި ހުޅުޖަހައި އެއްކޮށް ސުންނާފަތި ކޮށްލެއްވިއެވެ. އެއަށްފަހު އެ ބިން ހެދީ ކުނި އަޅާ ތަނަކަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ބަޗީ
ބަޗީ
15 ދުވަސް ކުރިން

ކަން އޮތީ ތިހެން ކަމަށްވިއަސް ޝައިޚުންނޭ ކިޔާ ބައެއް ބޭފުޅުންގެ ހިތްތަކުގައި އޮންނަ ހަސަދައިގެ ސަބަބުން ދީނުގައި ކަން އޮންނަ ގޮތާއި މުޅިން އިދިކޮޅު ޙުކުމް ނެރޭކަން ހިތާމަޔާއޭކު ފާހަގަކުރަން. އެ މައްސަލަ އާއި ގުޅޭ ގޮތުން ޑރ. ފެންވަރުގެ ބޭފުޅަކު، އެމްޑީޕީގެ ނުބައި ފިކުރަކަށް ގެއްލި ހުސްވެ، އެމްޑީޕީއަށް ސަނާ ކިޔާކަން މީ އެންމެން ދަންނަ ބޮޑު ސިއްރެއް.

Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި