Wednesday, 9 September 2026
Ads by

މިދިޔަ މެއި މަހު މުދަލު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ

މިދިޔަ މެއި މަހު މުދަލު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ

ޒަކާތް ދައްކަނީ--- ފޮޓޯ: ޒަކާތު ހައުސް

ހުސްވި މެއި މަހުގެ މުދަލު ޒަކާތުގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސްއަށް ޖުމުލަ 7,587,956.14 ރުފިޔާ ބަލައިގަނެ ޒަކާތު ފަންޑުން އެހީތަކާއި މަޝްރޫއުތަކަށް 2,685,834.30 ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ޒަކާތު ހައުސްއިން ބުނެފައިވަނީ، މިދިޔަ 2025 ވަނަ އަހަރުގެ މެއި މަހު މުދަލު ޒަކާތުގެ ގޮތުގައި 4.33 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މި އަހަރުގެ މެއި މަހުގެ އެ އަދަދު 7.59 ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. މިއީ 75.3 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.

ޒަކާތް ދެއްކި މިންވަރު މިހާ ބޮޑަށް އިތުރުވުމަކީ ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް ދެއްކުމަށް ޢާންމުން ހޭލުންތެރިވަމުންދާ ކަމުގެ ހެއްކެއް ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

ޒަކާތު ފަންޑުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފަގީރުންނާއި މިސްކީނުންގެ ގިންތިއަށެވެ. އެގޮތުން މި ގިންތިއަށް ކަނޑައެޅުނު ޖުމުލަ 1,483,960.50 ރުފިޔާގެ ތެރެއިން 1,452,960.50 ރުފިޔާ ހަރަދުކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށެވެ. މީގެ އިތުރުން، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ފަރާތްތަކަށް 31,000 ރުފިޔާ ދޫކޮށްފައިވެއެވެ. ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަވެފައިވަނީ ސިއްހީ ފަރުވާގެ އެހީތެރިކަމަށެވެ.

ފީސަބީލިﷲ ގިންތިން ތައުލީމީ، ދީނީ އަދި އިލްމީ އެކި މަސައްކަތްތަކަށް ޖުމުލަ 1,037,236.42 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ކީރިތި ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް 753,239.02 ރުފިޔާ ހޭދަކޮށްފައިވާއިރު، އިސްލާމީ ފޮތްތައް ތަރުޖަމާކުރުމަށް 246,989.40 ރުފިޔާ އަދި މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް 37,008 ރުފިޔާ އެހީގެ ގޮތުގައި ދޫކޮށްފައިވެއެވެ.

މި ތަފާސްހިސާބުތަކަކީ މިނިސްޓްރީ އޮފް ފިނޭންސްގެ އެސްއޭޕީ ސިސްޓަމްގެ ރެކޯޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ހިސާބުތަކެކެވެ. އެހެންކަމުން، ފަހުން ލިބޭ އިތުރު މައުލޫމާތުތަކާ ގުޅިގެން މި ހިސާބުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި