Sunday, 25 October 2026
Ads by

ބީއެމްއެލް އިން މި ހުޅުވާލީ ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު!

ބީއެމްއެލް އިން މި ހުޅުވާލީ ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައި، އެގޮތަށް އިންވެސްޓްކުރާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ އިން ބޮޑު ފައިދާއެއް ކަސްޓަމަރުންނަށް ދިނުމަށް ނިންމައިފިއެވެ.

Ad Image
Ads by

ބޭންކުން އަލަށް ތަޢާރަފުކުރި މި ޚިދުމަތުގެ ދަށުން، ކޮންމެ ދުވަހަކުވެސް އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތައް ހުޅުވާލެވޭނެއެވެ. މި ޕޫލްތަކުގެ މަޢުލޫމާތު ބޭންކުގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފަސޭހަކަމާއިއެކު ބަލާލެވޭނެއެވެ. އަދި އޮންލައިންކޮށް އިންވެސްޓްކުރުމުގެ މުޢާމަލާތްތައް ވަގުތުން ފުރިހަމަކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

މި އިންވެސްޓްމެންޓްތަކުން %25 އާ ހަމައަށް ފައިދާ ލިބޭނެ ފުރުސަތު ފަހިކޮށްދީފައިވާއިރު، އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެ ކަމަށް ބީއެމްއެލް އިން މަޢުލޫމާތުދެއެވެ.

މި ޚިދުމަތް ތަޢާރަފްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތިގަތުމަށް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރާ މުޢާމަލާތްތައް ފާއިތުވި 5 އަހަރު ތެރޭގައި 3.7 ގުނަ އިތުރުވެފައިވާ ކަމަށެވެ. މިގޮތުން މަހެއްގެ މައްޗަށް އެވްރެޖްކޮށް 39.3 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށާއި، ކޮންމެ މަހަކު ދެލައްކަ ފަންސާސް ހާހާއި ތިންލައްކަ އާއި ދެމެދުގެ ޢަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

”މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑަރ އީ-ކޮމާސް) އިތުރުވެގެން ދިޔުން. މިއީ ރާއްޖެއިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާއެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް،“ ޝަރީފް ވިދާޅުވިއެވެ.

ސީއީއޯ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން 1.6 ބިލިއަން ޑޮލަރު ޢާންމު ފަރުދުންނަށާއި ކާޑު މުޢާމަލާތްތަކަށް ވިއްކާފައިވާ ކަމަށެވެ. މި އާ ނިޒާމުގެ ސަބަބުން ބޭންކަށް ޑޮލަރު ލިބި، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ކަމަށްވާ ކާޑު ޕޭމަންޓްތަކާއި، އީ-ކޮމާސް ވިޔަފާރި އަދި މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ޑޮލަރު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެއެވެ.

މި ހަފްލާގައި ވަނީ އެފް.އެކްސް އިންވެސްޓްމަންޓް ޚިދުމަތް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ދައްކާލާފައެވެ. އަދި ސީއީއޯ ވަނީ މީޑިއާގެ ސުވާލުތަކަށް ޖަވާބުދެއްވައި، ބޭންކުގެ ބޭރު ފައިސާގެ ސްޓްރެޓެޖީއާ ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި