Saturday, 24 October 2026
Ads by

ކުރީގެ ރައީސުން ބައިވެރިވާ މުޒާހަރާއެއް، ޤާނޫނާ ޚިލާފު އެއްވުމަކަށް ބަދަލުވެއްޖެނަމަ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އިސްލާހެއް!

ކުރީގެ ރައީސުން ބައިވެރިވާ މުޒާހަރާއެއް، ޤާނޫނާ ޚިލާފު އެއްވުމަކަށް ބަދަލުވެއްޖެނަމަ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އިސްލާހެއް!

ކުރީގެ 3 ރައީސުން---

ކުރީގެ ރައީސުންނަށް ގައުމީ ދިފާއީ ބާރުން ދެމުން އަންނަ ވީއައިޕީ ސެކިއުރިޓީ، އެ ބޭފުޅުން މުޒާހަރާތަކުގައި އުޅުއްވާއިރު، މުޒާހަރާތައް ޤާނޫނާ ޚިލާފު ހަރަކާތަކަށް ބަދަލުވާ ހިސާބުން ދޭން ނުޖެހޭ ގޮތަށް ހަދަން ”އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު“ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން އިއްޔެ ނިންމައިފިއެވެ.

Ad Image
Ads by
ކުރީގެ 3 ރައީސުން އިސްވެ ބޭއްވި ޤާނޫނާ ޚިލާފު މުޒާހަރާގައި ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފުލުހުންގެ ވާޖިބަށް ހުރަސް އަޅަނީ..

ކުރީގެ ރައީސުން މުޒާހަރާތަކުގައި އުޅުއްވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް މި އުސޫލު އިސްލާހުކުރަން އެ ކޮމިޓީއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި އުސޫލު އިސްލާހުކުރަން ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ނަމަވެސް މި އިސްލާހާ ދެކޮޅަށް ތިން މެންބަރަކު ވޯޓުދެއްވާފައިވެއެވެ. އެ ތިން މެންބަރުންނަކީ:

  • ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޢަބްދުލްޣަފޫރު މޫސާ
  • ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުޙައްމަދު ނާޒިމް
  • ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޢަބްދުލްހަންނާނު އަބޫބަކުރު

ކުރީގެ ރައީސުންނަށް އެމްއެންޑީއެފްއިން ދޭ ވީއައިޕީ ސެކިއުރިޓީ މުޒާހަރާތަކުގައި ބައިވެރިވާނަމަ އެ ވަގުތަށް ނުދޭން ނިންމާފައި މިވަނީ، ގައުމުގެ އަމަންއަމާންކަން ނަގާލުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުﷲ ޔާމީންގެ އިތުރުން އިބްރާހިމް މުޙައްމަދު ޞާލިޙު މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ްމުހައްމަދު އިބްރާހިމް ދީދީ
ްމުހައްމަދު އިބްރާހިމް ދީދީ
3 މަސް ކުރިން

އެއީ ވަރައްރަގަޅު ނިއްމުމެއް އެނިއްމުމައް އަޅުގަޑު ތާއީދު

Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި