Sunday, 25 October 2026
Ads by

މިފްކޯގެ އުފެއްދުންތައް އަތޮޅުތެރެއަށް: އާބާދީ ބޮޑެތި ރަށްރަށުގައި ފިހާރަތައް ހުޅުވަނީ

މިފްކޯގެ އުފެއްދުންތައް އަތޮޅުތެރެއަށް: އާބާދީ ބޮޑެތި ރަށްރަށުގައި ފިހާރަތައް ހުޅުވަނީ

ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށާއި ސިޓީތަކުގައި މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިންގ ކޯޕަރޭޝަން (މިފްކޯ) ގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) ހާމިދު ނަޒީމު އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހާމިދު ނަޒީމު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި މުހިންމު ދައުރެއް އަދާކުރާ މިފްކޯގެ އަމާޒަކީ އެކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް ފަސޭހަކަމާއެކު، ހެޔޮ އަގުގައި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން އަތޮޅުތެރޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ގާއިމުކުރުމަށް ރޭވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.މި މަސައްކަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ ސިޓީތަކަށާއި އާބާދީގެ ގޮތުން ރަށަށް ކަމަށް ސީއޯއޯ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެންގެ ވިސްނުމަކީ ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވާ، އަދި މިފްކޯގެ އުފެއްދުންތައް އާންމު ރައްޔިތުންނާ ހަމައަށް އަގުހެޔޮކޮށް އަދި ލުއިފަސޭހަކޮށް ފޯރުކޮށްދިނުން. ދާދިފަހުން ވާނެ އައްޑޫ ހިތަދޫގަ މިފްކޯގެ ފިހާރައެއް ހުޅުވާފައި. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވައި، އުފެއްދުންތައް ފަސޭހަގޮތެއްގަ ފޯރުކޮށްދިނުން،“ ހާމިދު ނަޒީމު ވިދާޅުވިއެވެ.

މިފްކޯގެ އުފެއްދުންތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ ގޮތުން، މިއަހަރުގެ މޭއި މަހުގެ ތެރޭގައި ވަނީ އަތޮޅުތެރޭގައި ހުޅުވި އެކުންފުނީގެ ފުރަތަމަ އައުޓްލެޓް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ބޭރުގައި ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ ގައުމުތަކުގައިވެސް މިފްކޯގެ އުފެއްދުންތައް ލިބޭނެ މަގު ފަހިކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހައިން މަސްދަޅާއި މިފްކޯގެ އެހެނިހެން އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ލަންކާގައިވެސް މިފްކޯގެ އައުޓްލެޓެއް ވަނީ ހުޅުވާފައެވެ.

މިފްކޯއިން ބުނީ ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް އެންމެ ބޭނުންތެރި މަސްވެރިކަމުގެ އުފެއްދުންތައް މުޅި ރާއްޖެއަށް ފުޅާކޮށް، އެންމެ އެކަށީގެންވާ އަގުތަކެއްގައި ފޯރުކޮށްދިނުމަކީ އެކުންފުނީގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި