Sunday, 26 July 2026
Ads by

ނޭވާ ހިފަހައްޓާލަން ޖެހުނު ޕެނަލްޓީގައި ނެދަރލެންޑްސް ބަލިކޮށް މޮރޮކޯ ގަދަ 16 އަށް!

ނޭވާ ހިފަހައްޓާލަން ޖެހުނު ޕެނަލްޓީގައި ނެދަރލެންޑްސް ބަލިކޮށް މޮރޮކޯ ގަދަ 16 އަށް!

ނެދަރލެންޑްސް ބަލިކޮށް މޮރޮކޯ ގަދަ 32 ކަށް ދިއުމުން އުފާ ފާޅުކުރަނީ... ފޮޓޯ| ރޮއިޓާސް

ފީފާ ވޯލްޑްކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި މޮރޮކޯ އާއި ނެދަރލެންޑްސް ބައްދަލުކުރި ފޯރިގަދަ މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް، މޮރޮކޯ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. މެކްސިކޯގެ މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.

Ad Image
Ads by

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ނަމަވެސް، މެޗުގެ 72 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ވަނީ ލަނޑެއް ޖަހައި ނެދަރލެންޑްސްއަށް ކުރިހޯދައިދީފައެވެ. ނެދަރލެންޑްސް މޮޅުވާން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިއްސާ ދިއޮޕް ވަނީ ބޮލުން ލަނޑެއް ޖަހައި މޮރޮކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މޮރޮކޯ ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މޮރޮކޯގެ މޮޅުވުމުގައި އެޓީމުގެ ގޯލްކީޕަރު ޔާސީން ބޫނޫ ވަނީ މުހިންމު ޕެނަލްޓީއެއް ދިފާއުކޮށްފައެވެ. މޮރޮކޯ މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިސްމާއީލް ސައިބާރީއެވެ.

ވޯލްޑްކަޕްގެ ތާރީޚުގައި ތިން ފަހަރު ފައިނަލުގައި ކުޅެފައިވާ ނެދަރލެންޑްސް މި މުބާރާތުން ކެޓިއިރު، މިއީ އެޓީމަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ. އަނެއްކޮޅުން މޮރޮކޯއަކީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް، އެފްރިކާ ބައްރުގެ ގައުމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދި ޓީމެވެ.

މި މޮޅާއެކު މޮރޮކޯ ދެން ބައްދަލުކުރަން ޖެހޭނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާއެވެ. މި މުބާރާތުގެ އެހެން މެޗުތަކަށް ބަލާއިރު، ބްރެޒިލް ވަނީ ޖަޕާން ބަލިކޮށްފައެވެ. އަދި ޖަރުމަނު ވިލާތް ވަނީ ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.

މޮރޮކޯގެ މި ކާމިޔާބީއާއެކު އެ ގައުމުގެ ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި