Saturday, 24 October 2026
Ads by

އެމްޑީޕީއަށް 21 އަހަރު ފުރުން ފާހަގަކޮށް ނިމުނުއިރުވެސް، ޗެއަރޕާސަން ދޮންމީހުން އަތުން ފަންޑު ހޯދުމުގައި

އެމްޑީޕީއަށް 21 އަހަރު ފުރުން ފާހަގަކޮށް ނިމުނުއިރުވެސް، ޗެއަރޕާސަން ދޮންމީހުން އަތުން ފަންޑު ހޯދުމުގައި

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 21 އަހަރު ފުރުން ފާހަގަކޮށް ނިމުނުއިރުވެސް، އެ ޕާޓީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ރާއްޖޭގައި ނޫޅުއްވާތީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިއްޖެއެވެ.

Ad Image
Ads by

އެމްޑީޕީން ޖޫން 24 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޗެއަރޕާސަން ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނީ އެ ދުވަހު ކަމަށެވެ. މި ދަތުރުފުޅުގައި ޔޫކޭގެ ކޮންޒަވެޓިވް ޕާޓީގެ އޮފިޝަލުންނާއި ޔޫކޭ ބާ ކައުންސިލާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހު ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެން، އެ ގައުމުގެ ކޮންޒަވެޓިވް ޕާޓީގެ ފިލިޕާ ބްރޫމްއާ ބައްދަލުކުރައްވާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީ އުފެއްދުމާއި ރާއްޖެއަށް މަލްޓި-ޕާޓީ ޑިމޮކްރަސީ ތައާރަފުކުރުމުގައި ފިލިޕާ އާއި ޔޫކޭ ކޮންޒަވެޓިވްސްގެ ދައުރު ބޮޑު ކަމަށެވެ. އަދި ޕާޓީގެ އަހަރީ ދުވަހު އޭނާއާ ބައްދަލުވުމަކީ ލިބުނު އުފަލެއް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް، ޕާޓީގެ މުހިންމު މުނާސަބަތެއްގައި ޗެއަރޕާސަން ރާއްޖޭގައި ނެތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނަޝީދަކީ އާދައިގެ މަތިން ދިރިއުޅުމުގެ ބޮޑުބައި ވިލާތުގެ ގައުމުތަކުގައި ހޭދަކުރައްވާ ބޭފުޅެއްކަން ފާހަގަކުރަމުން، ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ދަތުރުތަކަކީ ރާއްޖޭގެ ދީނީ އަދި އިޖްތިމާއީ ހަމަޖެހުން ނަގާލުމަށް ބޭރުގެ ފަރާތްތަކުން ފަންޑު ހޯދުމަށް ކުރައްވާ ދަތުރުތަކެކެވެ.

ސިޔާސީ މަސްރަހަށް ބަލާއިރު، ނަޝީދު ވަނީ މީގެ ކުރިން އެމްޑީޕީގެ ވެރިކަން ރޫޅާލުމަށްފަހު ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ. އެހެންނަމަވެސް، އެ ޕާޓީއަށް ސިޔާސީ ކުރިއެރުމެއް ނުލިބި ފެއިލްވުމުން، އަނެއްކާވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ނަޝީދުގެ މި ނިންމެވުމާއެކު، އޭނާއަށްޓަކައި އެމްޑީޕީއަށް މީގެ ކުރިން ބަދުބަސް ބުނި މެންބަރުންނަށް ވަނީ ”އުނބަށް ޖެހިފައި“ ކަމަށް ބުނެ ފާޑުކިޔުންތައް އިތުރުވެފައެވެ.

މީގެ އިތުރުން، ނަޝީދު ދައުލަތުގެ ޚަރަދުގައި ނުވަތަ ރައްޔިތުންގެ ޓެކްސް ފައިސާގައި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވާ، މަހުޖަނުންގެ ކައިވެނި ހަފްލާތަކާއި އެކި މަޖާ ސަކަރާތްތަކުގައި އުޅުއްވުމަށްފަހު، ރާއްޖެ ވަޑައިގަންނަވަނީ ހަމައެކަނި މަގާމެއް ބޭނުންވުމުން ކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

މިފަހަރުވެސް ޕާޓީގެ 21 ވަނަ އަހަރީ ދުވަހުގެ މަސައްކަތްތަކުގައި އުޅޭ އާންމު މެންބަރުންނާއި ޕާޓީގެ ހަރަކާތްތެރިން ދޫކޮށްލުމަށްފަހު، އަމިއްލަ މަންފާއަށް ފަންޑު ހޯދުމަށް ފުރާވަޑައިގަތީކަމަށް ބުނެ، އެމްޑީޕީގެ އެތެރޭގައިވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި