Sunday, 26 July 2026
Ads by

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުގެ ލިމިޓަށް ދޭ ލުއިތައް ވަރަށް އަވަހަށް އިއުލާނުކުރާނެ: ރައީސް

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުގެ ލިމިޓަށް ދޭ ލުއިތައް ވަރަށް އަވަހަށް އިއުލާނުކުރާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީ-ކޮމާސް ސައިޓްތަކުން މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވާ ލިމިޓްތަކަށް ދޭ ލުއިތައް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ބޭރުގެ އީ-ކޮމާސް ސައިޓުތަކުން މުއާމަލާތްކުރުމުގައި މިހާރު ހުރި ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން މި ހަފުތާ ނިމޭތާ ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅު ބީއެމްއެލްގެ ފަރާތުން މިކަމާ ގުޅޭ އިތުރު ތަފްސީލުތަކާއި އާ ކަންތައްތަކެއް ތައާރަފުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބީއެމްއެލްއިން ވެސް ވަނީ ބޭރުގެ އީ-ކޮމާސް ސައިޓްތަކުން ކުރާ މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ. ބޭންކުން ބުނި ގޮތުގައި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް މި ބަދަލުގެ ފައިދާ ލިބިގެންދާނެއެވެ.

މިދިޔަ މަހުން ފެށިގެން ބީއެމްއެލްއިން ވަނީ ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީ-ކޮމާސް ސައިޓްތަކުން ކުރާ މުއާމަލާތްތައް ލިމިޓްކޮށްފައެވެ. މީގެ ކުރިން ޑެބިޓް ކާޑުތަކުން މަހެއްގެ މައްޗަށް 250 ޑޮލަރުގެ މުއާމަލާތް ކުރެވޭއިރު، މިދިޔަ އަހަރު އެ ލިމިޓް 500 ޑޮލަރަށް ބޮޑުކުރި ނަމަވެސް، ޑޮލަރުގެ ތާށިކަން ކުރިމަތިވެ ބޭންކަށް ލިބޭ ޑޮލަރަށް ވުރެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މިހާރު ވަނީ ހުރިހާ ޑެބިޓް ކާޑުތަކަށް ވަކި ލިމިޓެއް ކަނޑައަޅައިފައެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިފަދަ މައްސަލަތައް ހައްލުކޮށް، ވަކިން ހާއްސަކޮށް ކާޑު ލިމިޓްގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި