Sunday, 26 July 2026
Ads by

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސްކަންދެނީ ޒިންމާދާރުކަމާއެކު: މެންބަރު އަޒާން

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސްކަންދެނީ ޒިންމާދާރުކަމާއެކު: މެންބަރު އަޒާން

އެމެރިކާ ޑޮލަރަށް އޮތް ތާށިކަމާއި ފިއްތުންތައް ދެނެގަންނަންޖެހޭނީ އިގްތިސާދީ ބޮޑު މަންޒަރަށް ބަލައިގެން ކަމަށާއި، މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނުހަނު ޒިންމާދާރުކަމާއެކު ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އަޒާން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިގްތިސާދަށް މިވަގުތު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ ބޭރުގެ ދަރަނި ދެއްކުމަށް އޮތް ބޮޑު މަސްއޫލިއްޔަތުގެ ސަބަބުންނެވެ. އެގޮތުން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ބޭރު ފައިސާގެ ދަރަނި، ރާއްޖޭގެ ރިޒާވްގެ 107.8 އިންސައްތައަށް އަރާއިރު، މުޅި ޖުމްލަ ދަރަނީގެ 46.8 އިންސައްތައަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރަންޖެހޭ ދަރަންޏެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް، ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު މަދުވެފައިވާކަން އަޒާން ފާހަގަކުރެއްވިއެވެ. ބޭރުގެ ދަރަނި ދެއްކުމަށް އޮތް ތާށިކަމާއެކު، ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ބުރޫއެރުމަކީ ބޭރު ފައިސާގެ ބާޒާރަށް ނުތަނަވަސްކަން އަންނާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

”މިވަގުތު އެންމެ މުހިންމީ ދަރަނި ދެއްކުމަށް އޮތް ފިއްތުންތައް ކުޑަކުރުމާއި، ރިޒާވް ވަރުގަދަކުރުން. އަދި ރާއްޖެއަކީ އޭގެ އިލްތިޒާމްތައް ފުރިހަމަކުރެވޭނެ ގައުމެއްކަމުގެ އިތުބާރު ބާޒާރުގައި ގާއިމުކުރުން،“ އަޒާން ވިދާޅުވިއެވެ.

އަޒާން އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރަށް ވާރުތަވީ ދަރަނީގެ ވަރަށް އުނދަގޫ ހާލަތެއް ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދަނީ ވަރުގަދަ އަޒުމަކާއެކު، ނުހަނު އަޚުލާގީ އަދި ޒިންމާދާރު އުސޫލުތަކެއްގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި