Wednesday, 9 September 2026
Ads by

”ވަޢުދުވީ ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ގެނައުމަށް، ރަށް ކަނޑައެޅީ އިޤްތިޞާދީ ފައިދާއަށް ބަލާފަ“

”ވަޢުދުވީ ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ގެނައުމަށް، ރަށް ކަނޑައެޅީ އިޤްތިޞާދީ ފައިދާއަށް ބަލާފަ“

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ލ. އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއަރޕޯޓު އެ އަތޮޅު އިސްދޫ-ކަލައިދޫގައި ތަރައްގީކުރުމަކީ އިގުތިސާދީ ގޮތުން އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެކަން އެ ގޮތަށް ނިންމީ މުޅި ހައްދުންމައްޗަށް ވެސް އެންމެ ފައިދާ ވާނެ ގޮތަކީ އެއީ ކަމަށް ގަބޫލުފުޅުކުރެއްވޭތީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ވެސް އެންމެ ފައިދާވާނީ އެ ރަށުގައި އެއަރޕޯޓް ތަރައްގީކުރުމުން ކަމަށެވެ.

ހަމައެހެންމެ މިދިޔަ ދެ އަހަރު އެކި ގޮތްގޮތުން ބަލަންޖެހޭ ކަންކަން ބަލައި، ކުރަންޖެހޭ ދިރާސާތައް ވެސް މި މަޝްރޫއު ކުރިއަށްގެންދިއުމުގެ ކުރިން ބަލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑު ވައުދުވީ ލ. އަތޮޅުގައި އިތުރު އެއް އެއާޕޯޓު ޖުމުލަ ދެ އެއާޕޯޓު، ދެން އަޅުގަނޑާ ހަމައަށް އެކަމަށް އެދި ތިން ރަށަކުން އައި. އެއިން އެންމެ ރަނގަޅު ކަމަށް ފެންނަ ރަށް ސަރުކާރުން މިދިޔަ ދެ އަހަރު އެކި ގޮތްގޮތަށް ބަލައި ދިރާސާތައް ހަދާފައި ނިންމީ,“ – ރައީސް ވިދާޅުވިއެވެ.

ލ. އަތޮޅުގައި މިހާރު އެއަރޕޯޓެއް އޮންނަނީ ހަމައެކަނި ކައްދޫގައެވެ. އެއީ އެ އަތޮޅުގެ ވެރިކަންކުރާ ރަށް ފޮނަދޫއާއި އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ގަމާއި ލިންކް ރޯޑަކުން ގުޅާލާފައި އޮންނަ ރަށެކެވެ. ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅާނެ ރަށެއް ހައުސިންގ މިނިސްޓްރީން އިއުލާންކުރީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. ސަރުކާރުން ނިންމާފައި ވަނީ އިސްދޫ-ކަލައިދޫގައި އެ އެއަރޕޯޓް ތަރައްގީކުރުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި