Sunday, 26 July 2026
Ads by

ސަބަބެއް ނެތި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ: ރައީސް

ސަބަބެއް ނެތި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ: ރައީސް

ސަރުކާރުގެ އެއްވެސް މުވައްޒަފަކު ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށާއި، އަދި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތަކާ ޚިލާފުވެވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ad Image
Ads by

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގައި ތިބި ސިޔާސީ ނޫން މުވައްޒަފުންނަށް ފާއިތުވި ދެ އަހަރު ދުވަހުވެސް ވަޒީފާގެ ރައްކާތެރިކަން ދީފައިވާނެ ކަމަށެވެ. ނަމަވެސް، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހަނގުރާމައިގެ ސަބަބުން އިޤްތިޞާދަށް އައި ބަދަލުތަކާ ގުޅިގެން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސިޔާސީ މަގާމުތަކުގެ މީހުންގެ މުސާރައިގެ 10 އިންސައްތަ ކުޑަކޮށްގެން އުޅޭތާ މިހާރު ދެ އަހަރު ވެފައިވާ ކަމަށާއި، އެކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަން އޮންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ހަނގުރާމައިގެ ހާލަތާ ގުޅިގެން ކުންފުނިތައް ”ރައިޓްސައިޒް“ ކުރުމަކީ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި އަޅާ ފަރުދީ އަދި ޕޮޒިޓިވް ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކުންފުނިތަކުގައި މުވައްޒަފުން ބައިތިއްބާނީ އެ ކުންފުންޏަކަށް ބޭނުންވާ އަދަދަށް ކަމަށެވެ. ކޮންމެ ކުންފުންޏެއްގައިވެސް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަމަލުކުރާ ހަމަތަކެއް އޮންނާނެކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައިވާނީ މަސައްކަތަށް ފަރުވާކުޑަ މީހުން ނުވަތަ އަހުލާގީ މައްސަލަތައް ހުރި، ނުވަތަ އެނޫންވެސް މަޤުބޫލު އުޒުރެއް އޮތް މީހުން ކަމަށެވެ.

”މަސައްކަތަށް ފަރުވާކުޑަވާ ނަމަ، ނުވަތަ ކުންފުނީގެ ޕޮލިސީއާ ހިލާފުވާ ނަމަ ފިޔަވަޅު އަޅަންޖެހޭނެ. ކުންފުންޏަށް ކޮންމެފަދަ ގެއްލުމެއް ދިނަސް ވަކިނުކުރަން އަޅުގަނޑު ވަޢުދެއް ނުވަން. އަޅުގަނޑު ވަޢުދުވީ ސަބަބެއް ނެތި ސިޔާސީ ގޮތުން މީހުން ވަކިނުކުރަން،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިއީ ވަޢުދާ ހިލާފުވެގެން ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ސައިޒު ކުޑަކުރުމުގެ މަސައްކަތެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން އެއްވެސް ފަރާތަކަށް ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ތަކުރާރުކޮށް ދެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި