Sunday, 25 October 2026
Ads by

ފުލުހުންގެ އޮޕަރޭޝަންތަކުގައި ޑްރޯން ބޭނުންކުރަން ފަށަނީ

ފުލުހުންގެ އޮޕަރޭޝަންތަކުގައި ޑްރޯން ބޭނުންކުރަން ފަށަނީ

ހޯމް މިނިސްޓަރު ޢަލީ އިޙްސާން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހި ފުލުހުންގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އަންނަ 2027 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ އޮޕަރޭޝަންތަކުގައި ޑްރޯން ބޭނުންކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓރަު އިޙްސާން މި މޭރުމުން ވިދާޅުވީ، ދިވެހި ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ”ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ“ ގެ ހިދުމަތަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. މި ހިދުމަތް ތައާރަފްވުމުން ކުށުގެ ހާދިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ރިޕޯޓު ލިބުމާއެކު، ފުލުހުންގެ ޓީމެއް އެ ސަރަހައްދަކަށް ދިއުމުގެ ކުރިން ޑްރޯން އެ ސަރަހައްދަކަށް ފޮނުވާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މި ޓެކްނޮލޮޖީގެ ސަބަބުން ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ނުވަތަ ކަނޑު މަގުން ދާންޖެހޭ ރަށްރަށަށް ދިއުމުގައި ލަސްތަކެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ވީޑިއޯގެ ޒަރިއްޔާއިން އެ ސަރަހައްދެއްގެ ހާލަތު ވަގުތުން ކޮމާންޑް ސެންޓަރަށާއި ރެސްޕޮންޑްކުރާ އޮފިސަރުންނަށް ފެންނާނެ ކަމަށެވެ.

ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް ”ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓް“ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، މި ސިސްޓަމް އަޕްގްރޭޑްވުމުން، އެހީއަށް އެދި ގުޅާ ފަރާތް ހުރި ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ކަމަށެވެ. މީގެ އިތުރުން އެ ސަރަހައްދެއްގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ ފީޑްތައް ވަގުތުން ސިސްޓަމުން ފެންނާނެތީ، ހާދިސާ ހިނގާ ސަރަހައްދުގެ މައުލޫމާތު ވަރަށް ފުރިހަމައަށް ފުލުހުންނަށް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިޙްސާން އިތުތަށް ވިދާޅުވީ، މިފަދަ މުހިއްމު ޓެކްނޮލޮޖީއެއް ހިންގުމަށް ބޭނުންވާ ޒަމާނީ ޑޭޓާ ސެންޓަރެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް މިހާރު ފެށިފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި