Wednesday, 9 September 2026
Ads by

ހައުސިންގ މިނިސްޓްރީން ދެނީ ޝަރުތު ހަމަވި އެންމެނަށް ގޯތި ދޫކުރާނެ ކަމުގެ ޔަގީންކަން

ހައުސިންގ މިނިސްޓްރީން ދެނީ ޝަރުތު ހަމަވި އެންމެނަށް ގޯތި ދޫކުރާނެ ކަމުގެ ޔަގީންކަން

ހައުސިންގ މިނިސްޓަރު ޙައިދަރު: މިނިސްޓަރު ސޮއިކުރައްވާ ގޯތި ލިބިފައިވާ ކަމުގެ ލިޔުން ވަނީ ދޫކޮށްފައި - ފޮޓޯ:ހައުސިންގ މިނިސްޓްރީ

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުމަށް ޝަރުތު ފުރިހަމަވި އެންމެހާ ފަރާތްތަކަށް ގޯތި ދޫކުރާނެކަމުގެ ޔަގީންކަން ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ދީފިއެވެ.

Ad Image
Ads by

ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގުނު ބިންވެރިޔާ ސްކީމްގެ ދަށުން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް، ލިބިފައިވާ ގޯތިތައް މި ސަރުކާރުން ހަވާލުނުކުރާނެ ކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާތީ، މި ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.

ސަރުކާރުން މީގެ ކުރިން ވެސް ބަޔާންކޮށްފައިވާ ފަދައިން، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ ގޯތިތައް އެ ފަރާތްތަކާ، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހަވާލުކޮށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

”މި މަސައްކަތް ކުރަމުންދާއިރު، ގޯތިތައް ލިބިފައިވާ ފަރާތްތަކަށް އިތުރު ޔަގީންކަމެއް ދިނުމުގެ ގޮތުން މި ސަރުކާރުން ލިޔުމެއް ހޯދުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ، ގޯތި ލިބުމަށް ޝަރުތު ފުރިހަމަވި އެންމެހާ ފަރާތްތަކަށް ގޯތި ދޫކުރާނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީ އާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ސޮއިކުރައްވައި 8 އޭޕްރިލް 2024 ގައި ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ”ގޯތި ލިބިފައިވާ ކަމުގެ ލިޔުން“ ވާނީ ދޫކޮށްފައެވެ،“ ހައުސިންގ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ހައުސިންގ މިނިސްޓްރީން ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން އެ މިނިސްޓްރީން ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީ އާއި ގޯތި ލިބިފައިވާ ކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަރުކާރުން ފުރިހަމައަށް އިހުތިރާމްކޮށް، އެ ލިޔުންތަކުގައި ބަޔާންކޮށްފައިވާ ކަންކަމާ އެއްގޮތަށް އަމަލުކުރާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި ގޯތި ލިބުމަށް ޝަރުތު ފުރިހަމަވި އެންމެހާ ފަރާތްތަކަށް ގޯތި ދޫކުރާނެކަމުގެ ޔަގީންކަން ވެސް ދޭ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ގޯތި ލިބޭނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ދީފައިވާއިރު، ގިރާވަރުފަޅުން ދޫކުރި 1،347 ގޯތި، ގުޅީފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މިފަހުން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށް ހައުސިންގ މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ހިދުމަތްތަކާ އެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅަށް ކަމުގައެވެ.

ގުޅީފަޅަށް ގޯތި ބަދަލުކުރަން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވެސް އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ހައުސިންގ މިނިސްޓްރީން ބުނެފައި ވަނީ ބަދަލުކުރުމަށް ހަމަޖެހިފައިވާ އަދަދަށް ވުރެ ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށާއި ގުރުއަތު ނެގުން އޮންނާނެ ތާރީހެއް ފަހުން އާންމުކޮށް އިއުލާނު ކުރާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި