Wednesday, 9 September 2026
Ads by

ހުޅުމާލެ ޖަލުގެ 3 ޔުނިޓެއް ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފި

ހުޅުމާލެ ޖަލުގެ 3 ޔުނިޓެއް ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފި

ހުޅުމާލެ ޖަލު---

ހުޅުމާލެ ޖަލުގެ ތިން ޔުނިޓެއް ރިމާންޑް ޖަލެއްގެ ގޮތުގައި ހޯމް މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅައިފިއެވެ.

Ad Image
Ads by

މި ނިންމުމާ ގުޅޭގޮތުން އެ މިނިސްޓްރީން ބުނީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އިން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، ހުޅުމާލެ ޖަލުގެ ހަ ވަނަ ޔުނިޓްގެ ސެލް 1 އަދި ސެލް 2 ވަނީ ރިމާންޑް ޖަލު ފެސިލިޓީތަކެއްގެ ގޮތުގައި ކަނޑައަޅާފައި ކަމަށެވެ. އަދި މި ތަންތަން ހިންގަމުންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ކަމަށް އެ މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ.

މި ބަދަލާއެކު، ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބޭތިއްބުމަށް ހާއްސަ އިންތިޒާމުތަކެއް ހުޅުމާލެ ޖަލުގައި މިހާރު ވަނީ ގާއިމުކުރެވިފައެވެ. ރިމާންޑް ޖަލަކީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނަމަވެސް، ކޯޓަކުން އަދި ކުށް ސާބިތުވެ ހުކުމެއް ކޮށްފައިނުވާ މީހުން ބޭތިއްބުމަށް ބޭނުންކުރާ ތަނެކެވެ. މިއީ ކޯޓުން ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ބައިތިއްބާ އާންމު ޖަލުތަކާ ވަކިން، ތަފާތު އުސޫލުތަކަކުން ހިންގާ ތަނެކެވެ.

ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރެވޭ މީހުންނަށް ގާނޫނީ ގޮތުން ލިބިދޭންޖެހޭ ރައްކާތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޖަލުތަކުގެ ހިންގުން އިސްލާހުކޮށް، ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި