Wednesday, 9 September 2026
Ads by

ކައުންސިލުން ޚިދުމަތް ނުދީ ދައްކަނީ ބަހަނާ؛ ޒަހިއްޔާގެ ތުހުމަތުތަކަށް ހަމްދާންގެ ހޫނު ރައްދެއް!

ކައުންސިލުން ޚިދުމަތް ނުދީ ދައްކަނީ ބަހަނާ؛ ޒަހިއްޔާގެ ތުހުމަތުތަކަށް ހަމްދާންގެ ހޫނު ރައްދެއް!

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރާ ފްލެޓްތަކުގެ ރަޖިސްޓްރީ ކަންތައްތަކުގައި މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ޚިދުމަތް ނުދީ ބަހަނާ ދައްކަމުންދާ ކަމަށް ބުނެ، އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް، ކައުންސިލަރު ފާތިމަތު ޒަހިއްޔާއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

މި މައްސަލަ ބޮޑުވެފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ މާލެ ސިޓީ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ، އެފްޑީސީން ސިޓީ ކައުންސިލަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ. ޒަހިއްޔާ ތުހުމަތު ކުރެއްވި ގޮތުގައި، ފްލެޓްތަކުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މަސައްކަތް ލަސްވަނީ އެފްޑީސީން ދޭންޖެހޭ މަޢުލޫމާތުތައް ނުލިބޭތީއެވެ. އަދި އެ ކޯޕަރޭޝަނަށް ފޮނުވި ސިޓީއަކަށް ޖަވާބު ނުލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަހިއްޔާގެ މި ވާހަކަތަކާ ގުޅިގެން ”އެކި އެމްވީ“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަމްދާން ޝަކީލް ވަނީ ކައުންސިލުން ދައްކާ ބަހަނާތަކުގެ ހަގީގަތް ހާމަކޮށްދެއްވާފައެވެ. ހަމްދާން ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ ހުރިހާ ތަނެއްގައިވެސް ރަށްވެހިކަން ޖެއްސުމަށް ބޭނުންވަނީ އިމާރާތުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ކަމަށާއި، އެފްޑީސީގެ ފްލެޓްތަކުގެ ކުލީވެރިންނަށް ބޭނުންވާ އެފަދަ ލިޔުންތައް މިހާރު ދޫކޮށްފައިވާނެ ކަމަށެވެ.

”ކައުންސިލަށް އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައި. ކިއުއާރް (QR) ކޯޑެއް މެދުވެރިކޮށް ލިޔުންތައް ވެރިފައި ކުރެވޭނެ. އަދި މިކަމަށް ޚާއްޞަ ފޯކަލް ޕޮއިންޓެއްވެސް ވާނީ ކަނޑައަޅާފައި،“ ހަމްދާން ވިދާޅުވިއެވެ.

ހަމްދާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ހަމަޖެހިފައި ވަނިކޮށް، ސިޓީ ކައުންސިލުން އެ މަސައްކަތް ނުކޮށް ހިފަހައްޓަނީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައެވެ. އަދި މިއީ ޚިދުމަތް ނުދީ ހުރުމަށްޓަކައި ކައުންސިލުން ދައްކާ ބަހަނާއެއް ކަމަށް ދޭހަވާ މޭރުމަކުން އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

މި މައްސަލައިގައި ޒަހިއްޔާ ގޮވާލާފައިވަނީ ރައްޔިތުންނަށް ދޮގު މައުލޫމާތު ނުފެތުރުމަށެވެ. ނަމަވެސް އެފްޑީސީގެ އެމްޑީގެ ޖަވާބުން އެނގެނީ ކައުންސިލަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދީފައިވާ ކަމެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ރަޖިސްޓްރީވުމުގައި ދަތިތަކާ ކުރިމަތިލާންޖެހި، ސިޓީ ކައުންސިލުން މިވަނީ ބަހަނާ ދައްކަން ފަށާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި