Sunday, 26 July 2026
Ads by

ދިރާގާއި ލަޔަންސްގޭޓް ޕްލޭއިން އެކްސްކްލޫސިވް އެންޓަޓެއިންމެންޓް ކޮންޓެންޓް ރާއްޖެއަށް

ދިރާގާއި ލަޔަންސްގޭޓް ޕްލޭއިން އެކްސްކްލޫސިވް އެންޓަޓެއިންމެންޓް ކޮންޓެންޓް ރާއްޖެއަށް

ދިރާގު އީޒޯން މެދުވެރިކޮށް މިހާރު ފަސޭހަކަމާ އެކު ލަޔަންސްގޭޓް ޕްލޭގެ މޮބައިލް އެޕްލިކޭޝަންއަށް ސަބްސްކްރައިބް ކުރެވޭނެ - ފޮޓޯ:ދިރާގު

ދިރާގާއި ލަޔަންސްގޭޓް ޕްލޭ ގުޅިގެން އެކްސްކްލޫސިވް، ޕްރިމިއަމް ޑިޖިޓަލް މުނިފޫހިފިލުވުމުގެ ކޮންޓެންޓް ރާއްޖެއަށް ގެނެސްފިއެވެ.

Ad Image
Ads by

ދިރާގުން ބުނީ މި ޕަރޓްނަރޝިޕާ އެކު ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ލަޔަންސްގޭޓް ޕްލޭގެ މޮބައިލް އެޕްލިކޭޝަންއަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށެވެ.

ލަޔަންސްގޭޓް ޕްލޭއަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ކުންފުނި، ލަޔަންސްގޭޓްގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެވެ. ލަޔަންސްގޭޓަކީ ’ދަ ހަންގަރ ގޭމްސް’، ’ޖޯން ވިކް’، ’ލާ ލާ ލޭންޑް‘ އަދި ’ނައިވްސް އައުޓް‘ ފަދަ މަޝްހޫރު، އެވޯޑު ލިބިފައިވާ ފިލްމުތަކުގެ އިތުރުން އެކި ޓީވީ ސީރީޒްތަކާއި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

”ލަޔަންސްގޭޓް ޕްލޭ އާ ގުޅިގެން މިފަދަ މުނިފޫހިފިލުވުމުގެ ކަލެކްޝަނެއް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މި އާއެކު ލަޔަންސްގޭޓް ޕްލޭގެ މި އެކްސްކްލޫސިވް ކޮންޓެންޓް ދިވެހިރާއްޖެއިން ބަލާލުމުގެ ފުރުސަތު ލިބޭ ފުރަތަމަ ފަރާތްތަކަށް ދިރާގު ކަސްޓަމަރުންނަށް ވެގެންދާނެ. އެގޮތުން ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ލަޔަންސްގޭޓް ޕްލޭގެ ފިލްމުތައް ބަލާލެވޭނެ،“ ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން

ލަޔަންސްގޭޓް ޕްލޭ އޭޝިއާގެ ޕްރެސިޑެންޓް، ރޯހިތު ޖެއިން ވިދާޅުވެފައި ވަނީ ދިރާގާއި ލަޔަންސްގޭޓް ޕްލޭ އާ ދެމެދު ގާއިމު ކުރެވުނު މި ޕަރޓްނަރޝިޕްގެ ސަބަބުން ދެކުނު އޭޝިއާގައި އެ ކުންފުނީގެ ބައިވެރިވުން ވަރުގަދަވެ، ރާއްޖޭގެ ތަފާތު އޯޑިއަންސްތަކާ އެކު ވެސް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ. އަދި މި ޕަރޓްނަރޝިޕްގެ ސަބަބުން ލަޔަންސްގޭޓް ޕްލޭގެ ޕްރިމިއަމް ކޮންޓެންޓް ފަސޭހަކަމާ އެކު ރާއްޖޭގެ ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދީ، ބެލުންތެރިންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް މުއްސަނދިވެގެންދާނެ ކަމަށް ވެސް ރޯހިތު ވަނީ ވިދާޅުވެފައެވެ.

މި ޕަރޓްނަރޝިޕް ފާހަގަކޮށް ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިރާގުން ވަނީ ލަޔަންސްގޭޓް ޕްލޭގެ ލިމިޓެޑް އަދަދެއްގެ ހިލޭ ސަބްސްކްރިޕްޝަން ކަސްޓަމަރުންނަށް ހަދިޔާކުރުމަށް ނިންމާފައެވެ. އެގޮތުން ދިރާގު އީޒޯންއިން ލަޔަންސްގޭޓް ޕްލޭގެ ހިލޭ އެއް މަސްދުވަހުގެ ސަބްކްރިޕްޝަން ނަގައިގެން ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވޭނެއެވެ.

ދިރާގުން ބުނި ގޮތުގައި ސަބްސްކްރިޕްޝަން ބޭނުން ކުރުމަށްޓަކައި ކަސްޓަމަރުންގެ އެޕަލް ނުވަތަ ގޫގުލް ޕްލޭ ސްޓޯރ އައިޑީއަކީ ރާއްޖެ ސަރަހައްދަށް ރަޖިސްޓްރީ ކުރެވިފައިވާ އައިޑީއަކަށް ވާން ޖެހޭނެ ކަމުގައެވެ. 

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި