Wednesday, 9 September 2026
Ads by

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއަށް 710 ހައުސިންގ ޔުނިޓް އިތުރުކުރަނީ

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއަށް 710 ހައުސިންގ ޔުނިޓް އިތުރުކުރަނީ

ބީއެމްއެލްއިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރުމަށް ނިންމާފައިވާ ހައުސިންގ ޔުނިޓްތަކުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން----

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ 3،260 ހައުސިންގ ޔުނިޓަށް 710 ހައުސިންގ ޔުނިޓް އިތުރުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

“ޕްރެސަރ ވިތު ދަ ސްޕޮކްސް“ ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، ބީއެމްއެެލްއާ ހަވާލުކޮށްގެން މާލެ ސަރަހައްދުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ މަޝްރޫއެއް ފިޔަވައި ދެން ހުރި ހުރިހާ މަޝްރޫއެއްގެ ޑިޒައިންގެ މަސައްކަތްތައް އެއްކޮށް ނިންމައި އަމަލީ ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

މުންދު ހާމަކުރެއްވި ގޮތުގައި ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ފިޔަވައްސާއި ވިލިމާލޭގައި ހައުސިންގ ޔުނިޓްތައް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެއީ ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2،700 ހައުސިންގ ޔުނިޓާއި ވިލިމާލޭގައި 300 ހައުސިންގ ޔުނިޓެވެ.

”ބީއެމްއެލްގެ ގާބިލުކަން އެބަހުރި އަދި މިއަށްވުރެ އިތުރުކުރަން، މިހާރު މި ހަވާލުކުރެވުނީ 3،260 ތަރައްގީކުރަން، އަދި އިތުރު 710 ޔުނިޓް ތަރައްގީކުރަން އެބަ ހަވާލުކުރެވޭ ބޭންކާ، އޭގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްދަނީ ކުރިއަށް، އެހެންވީމަ ނިމޭއިރު ގާތްގަނޑަކަށް 4،000 އެއްހައި ހައުސިންގ ޔުނިޓް ތަރައްގީކުރެވޭނެ،“ – މުންދު ވިދާޅުވިއެވެ.

ބީއެމްއެލްއިން ތަރައްގީކުރުމަށް ނިންމާފައިވާ ހައުސިންގ ޔުނިޓްތަކަކީ 60،000 ރުފިޔާއިން ދަށުން އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށްގެން ކަނޑައަޅާފައިވާ ޔުނިޓްތަކެކެވެ. މިއީ ”ރެންޓް ޓު އޯން“ މޮޑެލްގެ ދަށުން ދޫކުރާ ޔުނިޓްތަކެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. ބީއެމްއެލްއިން ބުނީ، މި ހުރިހާ ފްލެޓުތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި