Saturday, 24 October 2026
Ads by

ކްރޮއޭޝިއާ އަތުން ބަލިވި ނަމަވެސް ގާނާ ގަދަ 32 އަށް ދަތުރުކޮށްފި

ކްރޮއޭޝިއާ އަތުން ބަލިވި ނަމަވެސް ގާނާ ގަދަ 32 އަށް ދަތުރުކޮށްފި

ރޭ ކްރޮއޭޝިއާ އާއި ގާނާ ބައްދަލުކުރި މެޗުގެތެރެއިން..

ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ކްރޮއޭޝިއާ އަތުން 2-1 އިން ބަލިވި ނަމަވެސް، ގާނާގެ ”ބްލެކް ސްޓާސް“ މުބާރާތުގެ ގަދަ 32 އަށް ދަތުރުކޮށްފިއެވެ. މިއީ 2010 ވަނަ އަހަރަށްފަހު ވޯލްޑްކަޕްގެ ނޮކައުޓް ބުރަށް ގާނާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

Ad Image
Ads by

ނިއު ޖާޒީގައި ކުޅުނު މި މެޗަށް ގާނާ ނުކުތްއިރުވެސް، އެހެން ގްރޫޕްތަކުގެ ނަތީޖާ ހުރިގޮތުން އެޓީމަށް ވަނީ ގަދަ 32 ގެ ޖާގައެއް ކަށަވަރުވެފައެވެ. ގާނާއިން ހޯދާފައިވާ 4 ޕޮއިންޓާއެކު، ތިންވަނަ ހޯދާ ޓީމުތަކުގެ ރޭންކިންއަށް ބަލާއިރު އެޓީމު ވަނީ ކުރި ހޯދާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކްރޮއޭޝިއާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ޕެޓަރ ސޫސިޗް ވަނީ ލަނޑެއް ޖަހައި ކްރޮއޭޝިއާއަށް ކުރިހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ކްރޮއޭޝިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ގާނާއިން ކުޅުން ރަނގަޅުކޮށް މެޗުގެ 76 ވަނަ މިނެޓުގައި ލުކާސެން ޖަހައިދިން ލަނޑާއެކު ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް މެޗުގެ 82 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރަކުން ވްލަސިޗް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި އަލުން ކްރޮއޭޝިއާއަށް ކުރިހޯދައިދީފައެވެ.

މި މެޗުގައި ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗާއި ޕެރިސިޗްގެ ފަރާތުން ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ފަހު މިނެޓުތަކުގައި ގާނާގެ ސެމެންޔޯއަށް އަނިޔާވެގެން ބޭލުމަކީ އެޓީމަށް ކުރިމަތިވި ހިތާމަވެރި ކަމެކެވެ.

މި ނަތީޖާއާއެކު މި ގްރޫޕުން އިންގްލެންޑް، ކްރޮއޭޝިއާ އަދި ގާނާ ވަނީ ގަދަ 32 އަށް ދަތުރުކޮށްފައެވެ. ގާނާގެ ރައުންޑް އޮފް 32 ގެ މެޗު އޮންނާނީ އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހު ކެންސަސް ސިޓީގައެވެ. ނަމަވެސް އެ މެޗުގައި ގާނާއާ ދެކޮޅަށް ނުކުންނާނެ ޓީމެއް އަދި ކަށަވަރެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި