Wednesday, 9 September 2026
Ads by

އިޒްރޭލުގެ ޑްރޯން ޙަމަލާތައް: ކުޅޭކުޅޭ ވޮޝިންގޓަން އެއްބަސްވުމުގެ ދަށުން ”އޮޕަރޭޝަނަލް މިނިވަންކަން“ ބޭނުންކޮށްފި

އިޒްރޭލުގެ ޑްރޯން ޙަމަލާތައް: ކުޅޭކުޅޭ ވޮޝިންގޓަން އެއްބަސްވުމުގެ ދަށުން ”އޮޕަރޭޝަނަލް މިނިވަންކަން“ ބޭނުންކޮށްފި

ޔަހޫދީ ސިފައިން ދެކުނު ލުބުނާނު 'ދިގު މުއްދަތަކަށް މަޑުކުރުމަށް' ތައްޔާރުވަމުންދާ ކަމަށް އިސްތިއުމާރީ ވެރިކަމުން ވަނީ ޢިއުލާނުކޮށްފައެވެ. (ބީބީސީ)

ވޮޝިންގޓަންގައި ސޮއިކުރި އެކިފަހަރުމަތިން އިޒްރޭލު ޚިލާފުވަމުންދާ ”ސަލާމަތީ އެއްބަސްވުމުގެ“ އިންތިޤާލީ މާއްދާތަކުގެ ދަށުން ލިބޭ ”އޮޕަރޭޝަނަލް ފުރިހަމަ މިނިވަންކަން“ ބޭނުންކޮށް، ޔަހޫދީ އިސްތިއުމާރުގެ އަސްކަރިއްޔާއިން ލުބުނާނުގެ ނަބަޠިއާ ޑިސްޓްރިކްޓަށް ޑްރޯން ޙަމަލާތަކެއް ދީފިއެވެ. އިޒްރޭލުގެ ނިރުބަވެރި ސިފައިން ބުނާގޮތުގައި މި ޙަމަލާތަކުގައި ހިޒްބުއްލާގެ ލޮޖިސްޓިކްސް ޓީމެއް ނައްތާލާފައިވެއެވެ.

Ad Image
Ads by

ޙަމަލާގެ ސަބަބު

އިޒްރޭލުން ބުނިގޮތުގައި މި ޙަމަލާތައް އަމާޒުކުރީ އިސްތިއުމާރުކޮށްފައިވާ ބިމުގެ ބޯޑަރު ސަރަޙައްދަށް އެންޓި-ޓޭންކް މިސައިލްތައް ގެންދަން އުޅުނު ހިޒްބުއްލާގެ ޚާއްޞަ ޓީމަކަށެވެ. މި ޢަމަލަކީ ވޮޝިންގޓަން އެއްބަސްވުމުގެ ދަށުން އިޒްރޭލަށް ލިބިފައިވާ އޮޕަރޭޝަނަލް މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އިސްތިއުމާރީ ވެރިކަމުގެ އަސްކަރިއްޔާއިން ދަޢުވާކުރެއެވެ.

ސިޔާސީ މަސްރަޙު

މި ޙަމަލާ ދީފައި މިވަނީ ޖޫން 26، 2026 ގައި ވޮޝިންގޓަންގައި ސޮއިކުރި ސަލާމަތީ އެއްބަސްވުމަށްފަހުގައެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޔަހޫދީ އިސްތިއުމާރީ ސިފައިން ލުބުނާނުގެ ފޭބުމާއި، އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ލުބުނާނުގެ އަސްކަރިއްޔާއާ ޙަވާލުކުރުމެވެ. ނަމަވެސް، މި ޙަމަލާއިން ފެންނަނީ ސުލްޙަޔަކީ އިޒްރޭލާ އަދި އެމެރިކާ ދަންނަ އެއްޗެއް ނޫންކަމެވެ. މި އިސްތިއުމާރީ ބާރުތައް ބޭނުންވީމާ އަހުދެއް އޮތަސް އެ މުގުރާލާފައި ޙަމަލާދީ އެތައް ލާއިންސާނީ ޖަރީމާތައް ހިންގަނީއެވެ. އަދި މިމީހުން ޒިންމާދާރުކުރުވާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ބަޔެއްވެސް އެކި ނަންނަމުގައި ސުލްޙަޔަށް މަސައްކަތްކުރާ ކަމަށް ދަޢުވާކުރާ ބައިނަލްއަގުވާމީ ޤައުމުތަކާއި، ޖަމިއްޔާތަކާއި އަދި ޖަމާޢަތްތަކުގައި ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި