Sunday, 25 October 2026
Ads by

މަރާމާތަށްފަހު ޖުމްހޫރީ ފައްވާރާ އަލުން ހުޅުވައިފި

މަރާމާތަށްފަހު ޖުމްހޫރީ ފައްވާރާ އަލުން ހުޅުވައިފި

މަރާމާތަށްފަހު ޖުމްހޫރީ ފައްވާރާ އަލުން ހުޅުވާ އެކު ކުޑަކުދިންތަކެއް އެތަނުގެ ބޭނުން ކުރަނީ - ފޮޓޯ:އެމްޓީސީސީ

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ނުވަތަ ”ޖުމްހޫރީ ފައްވާރާ“ މަރާމާތުކޮށް ނިންމުމަށްފަހު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

Ad Image
Ads by

އަންގާރަ ދުވަހުގެ ރޭ ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރާއި ދައުލަތުގެ އިސްވެރީންނާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުالله ޒިޔާދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަރާމާތަށްފަހު ޖުމްހޫރީ ފައްވާރާ އަލުން ހުޅުވުމާ ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެެކްޓިންގ ކޮމްޕެނީ (އެމްޓީސީސީން) އިން ބުނީ މި މަސައްކަތަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ. ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށް ފުރަތަމަ ހުޅުވުނީ 2015 ވަނަ އަހަރު ފާހަގަ ކުރެވުނު ”މިނިވަން 50“ މުނާސަބަތާ ގުޅިގެންނެވެ. މިތަން ފަރުމާކުރީ އޭރުގެ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަދި މިހާރުގެ ރައީސްގެ މޭސްތިރިކަމުގެ ދަށުން އެ ކުންފުނީގެ ފަރާތުން ކަމަށް އެމްޓީސީސީން ބުނެއެވެ.

މަރާމާތަށްފަހު ޖުމްހޫރީ ފައްވާރާ އަލުން ހުޅުވައިދެއްވީ ރައީސް – ފޮޓޯ:އެމްޓީސީސީ

”މި ބިނާ ފަރުމާކުރެވުނީ ރާއްޖޭގައި ކުރީ ޒަމާނުގެ ރަސްރަސްކަލުން ފެންވެރުމަށް ބޭނުންކުރާ ވެވު ރަމްޒެއް ކަމަށް ބަލައިގެންނެވެ. ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ގުޅިގެން ހުޅުވުނު ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށްފައި ވަނީ މިނިވަންކަމުގެ ބަހާތައް ކަމުގައިވާ ގައުމީ އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ގޮތަށެވެ،“ މަރާމާތަށްފަހު ޖުމްހޫރީ ފައްވާރާ ހުޅުވުމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނުގައިވެއެވެ.

އެމްޓީސީސީން ބުނެފައި ވަނީ މި މަސައްކަތް ފަރުމާކުރެވިފައި ވަނީ އާންމުންގެ ސިއްހަތާއި ރައްކާތެރިކަމަށް ރިއާޔަތް ކޮށްގެން ކަމަށެވެ. އެގޮތުން މި ތަނުގެ ފެން ފިލްޓަރކުރާ ނިޒާމް ފަރުމާކޮށްފައި ވަނީ ގިނަ އަދަދެއްގެ ކުޑަކުދިން ބޭނުންކުރާ ތަނަކަށް ވާތީ އާއެކު، ބަލިމަޑުކަމެއް ނުފެތުރޭނެ ގޮތަށް ފެން ސާފުކުރެވި ބަދަލުކުރެވޭނެ ގޮތަށް ކަމަށާއި ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ފައްވާރާގެ ނިޒާމު އެއްކޮށް ނިވޭނެ ގޮތަށް ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި ޖުމްހޫރީ ފައްވާރާ ފަރުމާކުރެވިފައި ވަނީ ފެންއަރުވާ ގަޑީގައި މިއުޒިކްގެ އަޑު ވެސް އިވޭ ގޮތަށް ކަމުގައެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު މިސްކިތްހުރި ސަރަހައްދުކަމުގައިވާތީ، މިއުޒިކް ޖަހާނީ ނަމާދު ގަޑިތަކާ ދިމާނުވާނެހެން ބަލައިގެން ކަމަށް އެމްޓީސީސީން ބުނެއެވެ.

”ޖުމްހޫރީ ފައްވާރާ އަލުން ހުޅުވިފައި މިވަނ،ީ ގައުމިއްޔަތާއި އިސްލާމީ ޝިއާރު ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ހާއްސަ އިރުޝާދާ ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސްގެ އިސްނެގުމުގެ މަތިން އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމުމާ ގުޅިގެންނެވެ.“ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މި ބިނާ ވަނީ ވަރަށް ބޮޑަށް ވީރާނާވެ، މަރާމާތަށް ބޭނުންވެފައިކަން ފާހަގަކޮށް އެމްޓީސީސީން ބުނެފައިވެއެވެ.

މަރާމާތަށްފަހު ޖުމްހޫރީ ފައްވާރާ އަލުން ހުޅުވުން – ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީން ބުނީ މި ފެންއަރުވާ ވަޑާމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެހެން އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން މާލޭ ސިޓީގައި ހުޅުވިފައިވާ މާލޭގެ މަލަމަތި ރީތިކޮށްދޭ ހިތްގައިމު ބިނާއެއް ކަމަށެވެ. ޖުމްހޫރީ ފައްވާރާއަކީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ގުޅިގެން އެކަން ރަމްޒުކޮށްދިނުމަށް އެ ކުންފުނިން ހެދި މުހިންމު ބިނާއަކަށްވުމުން، މި ބިނާ މަރާމާތު ކުރުމުގެ މަސައްކަތާ ހަވާލުވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި މުޖުތަމައުގެ ކަންކަމަށް ހިއްސާކުރުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ ކުންފުނީގެ ސަގާފަތުގައި ހިމެނޭ ކަމެއް ކަމުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި