Sunday, 26 July 2026
Ads by

ސިޔާސީ މުވައްޒަފުން މަދުކުރުން މިހާރު އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާގައި: މުންދު

ސިޔާސީ މުވައްޒަފުން މަދުކުރުން މިހާރު އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާގައި: މުންދު

ސަރުކާރުގެ އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް މިހާރު ފިޔަވަޅު އެޅުމުގެ މަރުހަލާއަށް ބަދަލުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މި ފިޔަވަޅުތަކަކީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިދާރީ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު ސިޔާސަތެއްގެ ބައެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވި ގޮތުގައި، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަރުހަލާ މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ. މި އިވެލުއޭޓް ކުރުމުގެ ބޭނުމަކީ ކުންފުނިތަކާއި ވުޒާރާތަކަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ތިބިތޯ ބަލައި، އިތުރުވެފައިވާ މަޤާމުތައް މަދުކުރުމެވެ. މި މަސައްކަތުގެ ތެރެއިން ބައެއް ތަންތަނުގެ ރިޕޯޓުތައް މިހާރު ނިމިފައިވާއިރު، ދެން އޮތީ އެ މައުލޫމާތުތަކުގެ އަލީގައި ފިޔަވަޅު އެޅުމުގެ މަރުހަލާއެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ސިޔާސީ މަޤާމުތަކުގެ އަދަދު ކަނޑައެޅިފައިވާ ވަކި މިންވަރަކަށް ތިރިކުރުމަށް ކަމަށް މުންދު ވިދާޅުވިއެވެ.

”އިވެލުއޭޓްކުރަނީ ހަގީގަތުގައި ނީޑެޑް ކެޕޭސިޓީ ގެނައުމުގެ ނިއަތުގައި. މިސާލަކަށް އެސްއޯއީތައް ވެއްޖެއްޔާ އޮންނާނެ ވަން ތާރޑްކަމަށްބަލާފައި މަދުކުރުން ނުވަތަ އުނިކުރަން. ސަރުކާރުގެ ސިޔާސީ މަޤާމުތައް ވަކި އަދަދަކަށް އަޅުގަނޑުމެން ތިރިކުރެވޭތޯ މަސައްކަތް ކުރަނީ. ދެން އެބައި އަންނާނީ. ދެން އަންނާނީ މައުލޫމާތުގެ އަލީގައި ތަންފީޒީ މަސައްކަތް ކުރުން.“ ތަރުޖަމާނު ވިދާޅުވިއެވެ.

ސަރުކާރުން އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެގޮތުން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން ވަނީ މަދުކޮށްފައެވެ. އަދި ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބެލުމުގެ ނިޒާމެއް ޤާއިމުކުރުމަށް ކެބިނެޓުން ނިންމާފައިވާއިރު، މި ނިޒާމުގެ ތެރެއިން ވަޒީފާގެ ފެންވަރު ދަށް ފަރާތްތައް ވަކިކުރުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި، މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ކުރިއަށް އޮތް ތަނުގައި މަދުވެގެންދާނެއެވެ.

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ކަނޑަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާ ގުޅޭގޮތުން ރައީސް ވަނީ މީގެ ކުރިނ ް ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ވާހަކަތަކަށް ވުރެ ބޮޑަށް އިސްކަންދެއްވަނީ ޤައުމުގެ މަސްލަހަތު ހިމެނޭ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ކަމަށެވެ. ޚާއްޞަކޮށް، ފެނަކަ ފަދަ ކުންފުނިތަކުގައި މީގެ ކުރިން ބޭކާރު ގޮތުގައި މުވައްޒަފުން ނަގާފައި ތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައިވަނީ އޭގެ ސަބަބުން ރަށްރަށުގެ މަސްވެރިކަން ފަދަ އުފެއްދުންތެރި ދާއިރާތަކުން މީހުން ދުރަށް ގޮސްފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި