Saturday, 24 October 2026
Ads by

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިޤްތިޞާދުގެ ވަރުގަދަ ތަނބު: ރައީސް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިޤްތިޞާދުގެ ވަރުގަދަ ތަނބު: ރައީސް

ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ބާރަކީ ރަށްތަކުގައި ހިންގަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހާ (MSME Day) ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ވަޒީފާގެ ފުރުޞަތުތައް އުފެއްދުމުގައި އެފަދަ ވިޔަފާރިތަކުން އަދާކުރާ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އިޤްތިޞާދު އިތުރަށް ވަރުގަދަކޮށް، ހަރުދަނާ ކުރުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ”މޯލްޑިވްސް 2.0“ ސިޔާސަތުގެ ދަށުން، ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި، އިންފްރާސްޓްރަކްޗަރ އަދި ބައިނަލްއަޤްވާމީ މާކެޓްތަކަށް ވަނުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ސަގާފީ މަސައްކަތްތެރިންނަށް ޚާއްޞަ ސެންޓަރުތަކާއި، ’ކްރިއޭޓަރ ހަބް‘ އަދި އެސް.އެމް.އީ ޑިޖިޓަލް ފައިނޭންސިންގް ތަޢާރަފްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މާކެޓް ހޯދައިދިނުމުގެ ގޮތުން ’އަލީބާބާ‘ ފަދަ ޕްލެޓްފޯމްތަކާއި ’ޕޭޕަލް‘ ފަދަ ފައިސާ ފޮނުވުމުގެ ނިޒާމުތަކުގެ ބޭނުން ހިފޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއެކު ފުރުޞަތުތައް ލިބޭނެ ގޮތް ހެދުން ކަމަށެވެ. އެގޮތުން 2026 އަދި 2027 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ކުރެވިގެންދާނެ ދެ އަހަރު ކަމުގައި އެމަނިކުފާނު އިއުލާނު ކުރެއްވިއެވެ.

މި ސިޔާސަތުތަކުގެ މައިގަނޑު ބޭނުމަކީ ކޮންމެ ވިޔަފާރިވެރިއަކަށްވެސް އެ މީހަކު ކުރާ މަސައްކަތުގައި ކުރިއަށް ދިއުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ