Wednesday, 9 September 2026
Ads by

”ޚަޠީބުން ތަމްރީންކުރުމުގެ މަސައްކަތް ނުކޮށްފިނަމަ ހީ ނުކުރާވަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހިދާނެ“

”ޚަޠީބުން ތަމްރީންކުރުމުގެ މަސައްކަތް ނުކޮށްފިނަމަ ހީ ނުކުރާވަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހިދާނެ“

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް---

ޚަޠީބުން ތަމްރީނުކުރުމުގެ މަސައްކަތް މިއަދު ނުކޮށްފިނަމަ ހީ ނުކުރާވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ހަތަރު ވަނަ ބުރުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ޚަޠީބުން ބިނާކުރުމުގެ މަސައްކަތަކީ މިއަދު ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައިފައެވެ. ރާއްޖޭގެ ރަށްތަކުގައި އިމާމުން މަދުވުމާއި ހުތުބާ ކިޔާނެ މީހުން ނެތުމުގެ މައްސަލަ އިތުރުވަމުން އަންނަ ކަމަށާއި، އެކަމަށް ހައްލު ހޯދައިދިނުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޚަޠީބުންނަކީ ތަފާތު މާތް ބައެއް ކަމަށެވެ. ކަން މިހެން އޮތުމާއެކު ފޭރާން އެޅުމާއި ސުލޫކާއި، މުއާމަލާތުކުރުމުގައްޔާއި އެހެނިހެން ގޮތްގޮތުން ވެސް ޚަޠީބުން ވާންޖެހޭނީ އެހެންމީހުންނަށް ނަމޫނާ ދައްކާ ބަޔަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެހެންމެ، ވަގުތަށް ކަމޭހިތުމާއި، ފަރުވާތެރިވުމާއި، ހުތުބާ ކިޔުމުގެ ކުރިން އެކަމަށް ފަރިތަކޮށް ތައްޔާރުވުމުގެ އިތުރުން ހުތުބާ ކިޔާއިރު ހަދީސްތަކާއި އާޔަތްތައް ރީތިކޮށް ތަޖުވީދުން ކިޔުމަކީ މުހިއްމު ކަމެއްކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ.

ހުކުރުގެ ޖަމާއަތަކީ އިސްލާމްދީނުގެ މަތިވެރިކަމާއި އެކުވެރިކަން ރަމްޒުކޮށްދޭ ހެއްކެއް ކަމަށާއި ހަމައެހެންމެ، އިސްލާމީ އަޅުކަންތައް ތަރުތީބުވެފައިވާ އުސޫލަށް ބަލާއިރު މިސްކިތުގައި ގާއިމްކުރާ ޖަމާއަތަކީ އިސްލާމީ އުއްމަތުގެ ބަދަހިކަމާއި އަހުވަންތަކަން ބަޔާންކޮށްދޭ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެެހެންކަމުން އެ ޖަމާއަތްތަކުގައި އިސްކޮށްތިބުމުގެ ޒިންމާއަކީ މުހިންމު އަދި މާތް ޒިންމާއެއް ކަމަށާއި އިމާމުވެ ނަމާދުކުރުމާއި ބަންގިގޮވުމަކީ ލިބޭ ޝަރަފެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވާއިރު ހާފިޒުންގެ އަދަދު މިހާރު 310 އަކަށް އަރައިފައެވެ. މީގެ އިތުރުން ގުރްއާން ހިތު ދަސްކުރާ ޕްރޮގްރާމް ފުޅާކުރުމަށް ކްލާސްތައް އިތުރުކޮށްފައިވާއިރު، މި ވަގުތު 2،000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ހިފްޒު ކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ 1،000 ޒުވާން ޚަޠީބުން ބިނާކުރުމާއި 500 ހާފިޒުން އުފެއްދުން ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި