Wednesday, 9 September 2026
Ads by

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާން ބަހަން ފަށައިފި

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާން ބަހަން ފަށައިފި

މީހަކު ގޮވާމުން ފިތުރު ޒަކާތް ދައްކަނީ: ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާން ވަނީ ބަހަން ފަށާފައި - ފޮޓޯ:ޒަކާތު ހައުސް

މި ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފިއެވެ.

Ad Image
Ads by

ޒަކާތު ހައުސްއިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތަކުން ޒަކާތް ބެހުމުގެ މަސައްކަތް މިއަދު ފަށައިގެން ކުރިއަށްދާ ކަމަށެވެ. ގޮވާމުން ޒަކާތް ބެހުން ކުރިއަށް ދާނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައި ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ޒަކާތު ހައުސްއިން ބުނެފައި ވަނީ ތަކެތި ބެހުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ގޮވާމުން ފިތުރު ޒަކާތް ބަހާ ގަޑިތައް:

  • މިއަދު ހެނދުނު 11:00 އިން ހަވީރު 4:00 އަށް އަދި މިރޭ 8:30 އިން 10:30 އަށް
  • މާދަމާ ހެނދުނު 11:00 އިން 3:30 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށް

ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުން މިރޭ 8:30 އިން 10:30 އަށް ކުރިއަށް ދާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި މާދަމައަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް ވާނަމަ ހެނދުނު 11:00 އިން 3:30 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށް ގޮވާން ބަލައިގަންނާނެ ކަމުގައެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 4،499،433 ރުފިޔާ ވަނީ ލިބިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި