Saturday, 24 October 2026
Ads by

ސީދާ ރައީސް މުޢިއްޒުއާ ބައްދަލުކޮށް ޝަކުވާތައް ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލަނީ

ސީދާ ރައީސް މުޢިއްޒުއާ ބައްދަލުކޮށް ޝަކުވާތައް ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލަނީ

ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ފުރުސަތުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން، ވަކިވަކިން ބައްދަލުކޮށް ވާހަކަދެއްކުމުގެ ޕްރޮގްރާމެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު އެ ކަންކަމަށް ފިޔަވަޅު ނާޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައި، ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާވެސް އެމަނިކުފާނު ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. އަދި މިފަދަ ބައްދަލުވުންތަކުގައާއި ސިޓީ މެދުވެރިކޮށް ހުށަހަޅާ ކަންކަން ބަލައި، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ޚާއްސަ ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ހުންނާނެ އެފަރާތްތަކަށް އެކަން ބަލާދީފައި. މިސާލަކަށް އެ ފަރާތުގެ އެޕްލިކޭޝަން ރަނގަޅަށްތޯ އޮތީ، އެއަށް ރަނގަޅަށް ބަލާފައިތޯ އޮތީ، އެކަން ބަލާދީފައި އެއަށް ޖަވާބުދެން. ދެން އެހެން ހުރިހާ ކަމެއްގައިވެސް އެކި ކަހަލަ އެހީތެރިކަމަށް އެދޭ. އެކި ކަހަލަ ކަންކަން ލަސްވެފައި ހުރޭ ސަރުކާރުގެ ތެރޭގައި. އެފަދަ އެތައް ކަމެއް ވާނެ ބަލާފައި“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާ ބައްދަލުކޮށްގެން ނުވަތަ އެ ނޫން ގޮތްގޮތުން ވިޔަސް، ރައްޔިތުން ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ގޮތެއް ނުނިމި ނުވަތަ ހައްލެއް ހޯދައިނުދެވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި ޖަވާބެއް ނުލިބި ލަސްވެފައިވާ ކަމެއް އޮތް ނަމަ، އެއީ ފްލެޓް ފަދަ ބޮޑެތި މަޝްރޫޢުތަކާ ގުޅުންހުރި ކަމަކަށް ވުން އެކަށީގެންވާ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަކީ އެމަނިކުފާނު ނުހަނު އިސްކަންދެއްވައިގެން ބައްލަވާ ކަންކަން ކަމުގައި ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން ސީދާ ރައީސާ ބައްދަލުކުރުމަށް އެދެމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ވަގުތު ހުރިގޮތުން ހުރިހާ ބައްދަލުވުންތަކެއް އަދި ބޭއްވިފައި ނުވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅުން މެދުވެރިކޮށް އެ ޝަކުވާތައް ބައްލަވަމުން ގެންދަވާ ކަމަށެވެ.

އަލަށް ފެއްޓެވުމަށް ނިންމަވާފައިވާ ޚާއްޞަ ޕްރޮގްރާމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކޮންމެ ހަފުތާއަކު އެއް ދުވަހު ނުވަތަ ދެ ދުވަހު، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަގުތު ހަމަޖައްސަވާނެ ކަމަށެވެ.

”އެކަމަށް އެދޭ ފަރާތްތަކަށް ވަގުތު އޮންނަ ވަރަކަށް އުސޫލުގެ ތެރެއިން ވަގުތު ދެވިގެންދާނެ. 93 ދާއިރާ ނިމޭނެ ލައްކަ ދުވަހުން. ކޮންމެ ދާއިރާއަކުން 10 ނުވަތަ 15 އާއިލާއަކާ ބައްދަލުވާކަމަށް ވަންޏާއި، 15 ވަރަކަށް ގެޔާ ބައްދަލުވަންޏާއި ވަރަށް ގިނަ މީހުންނަށް ފުރުސަތު ލިބިގެންދާނެ. އެމީހަކު ބޭނުންވާ ވާހަކަތަކެއް ދައްކަން. އެކަހަލަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށަން އެބަ އުޅެން،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، ހަމައެކަނި ކައުންސިލްތަކާއި މުއައްސަސާތަކާ ބައްދަލުކުރެއްވުމުގެ ބަދަލުގައި، އާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރަށްވުރެ އިތުރު ވަގުތު ހޭދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުން ކަމުގައިވީ ނަމަވެސް، ދެން ކުރައްވާ ދަތުރުފުޅުތަކުގައި އާންމު ރައްޔިތުންގެ ތެރެއިން ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އުސޫލެއްގެ ތެރެއިން އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި