Wednesday, 9 September 2026
Ads by

ވަޒީފާއަކީވެސް އަމާނާތެއް، މަސްއޫލިއްޔަތު އަދާނުކުރުމާއި ވަގުތަށް ފަރުވާކުޑަކުރުމަކީ ވެވޭ ހިޔާނާތެއް: ޚުޠުބާ

ވަޒީފާއަކީވެސް އަމާނާތެއް، މަސްއޫލިއްޔަތު އަދާނުކުރުމާއި ވަގުތަށް ފަރުވާކުޑަކުރުމަކީ ވެވޭ ހިޔާނާތެއް: ޚުޠުބާ

ވަޒީފާއަކީވެސް އަމާނާތެއް ކަމަށާއި ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރުމާއި ވަގުތަށް ފަރުވާކުޑަކުރުމަކީ ވެވޭ ހިޔާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ad Image
Ads by

”އަމާނާތްތަކަށް ރައްކާތެރިވުން“، މި މައުލޫގެ މައްޗަަށް މިއަދުގެ ހުކުރު ޚުޠުބާގައި ވާހަކަ ދައްކާފައިވާއިރު، ޚުޠުބާގައި ބުނީ އަމާނާތްތެރިކަމަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް މަތިވެރި މަޤާމެއް ދެވިފައިވާ ކަމެއް ކަމަށެވެ. ހުޠުބާގައި ފާހަގަކޮށްފައިވާ ގޮތުން، އަމާނާތް އަދާކުރުމަކީ މާތް ﷲ އިންސާނުންނަށް އަމުރުކުރައްވާފައިވާ ކަމެކެވެ. މިއީ ހަމައެކަނި މާލީ މުޢާމަލާތްތަކާ ގުޅޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އިންސާނާގެ ޒިންމާތަކާއި ވާޖިބުތަކާއި އަދި އިޖްތިމާޢީ ގުޅުންތައް ބިނާވެގެންވާ ބިންގަލެވެ.

ޚުޠުބާގައި ބުނީ އެންމެ ބޮޑަށް ސަމާލުވެ ރައްކާތެރިވާން ޖެހޭ އެއް އަމާނާތަކީ ދައުލަތާއި ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށެވެ.

”މިއީ ބޮޑުވެގެންވާ އަމާނާތެކެވެ. މީހެއްގެ އަމިއްލަ މުދަލަށް ހިޔާނާތްތެރިވުމަށް ވުރެ ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑެވެ. ސަބަބަކީ އެއީ މުޅި މުޖުތަމައުގެ ހައްގަކަށްވާތީއެވެ. ހަމަ އެހެންމެ، އަހަރެމެން އަދާކުރާ ވަޒީފާތަކާއި އެ ވަޒީފާގެ ވަގުތަކީވެސް ބޮޑުވެގެންވާ އަމާނާތެކެވެ. ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީވެސް އަމާނާތަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެކެވެ. މީގެ އިތުރުން މީސް މީހުން އަހަރެމެންނަށް އިތުބާރުކޮށްފައި ކިޔައިދޭ ވާހަކަތަކަކީވެސް އަމާނާތެކެވެ.“ ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި އަމާނާތަށް ރައްކާތެރިވުމަކީ އީމާންތެރިކަން ފުރިހަމަވާ ކަމެކެވެ.

ރަސޫލާ ﷺ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

”އަމާނާތްތެރިނުވާ މީހާގެ އީމާންތެރިކަން ފުރިހަމަވެގެން ނުވެއެވެ. އަދި އަހުދަށް ވަފާތެރިނުވާ މީހާގެ ދީން ފުރިހަމަވެގެން ނުވެއެވެ.“

ޚުޠުބާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ފަދައިން، އަމާނާތަށް ޚިޔާނާތްތެރިވުމަކީ ނިފާޤުކަމުގެ ނުވަތަ މުނާފިޤުންގެ އަލާމާތެކެވެ. ރަސޫލާ ﷺ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

”ހަތަރު ސިފައެއް މީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ އޭނާއަކީ ކަނޑައެޅިގެން ހުރި މުނާފިގެކެވެ. އަދި އެ ސިފަތަކުގެ ތެރެއިން ސިފައެއް މީހެއްގެ ކިބައިގައި ހުރެ، އެ ސިފައިން ދުރުލެހި ނުވާހާ ހިނދަކު އެ މީހަކީ ނިފާޤުކަމުގެ ސިފަހުރި މީހެކެވެ. އޭނާއާ އަމާނާތެއް ހަވާލުކުރެވިއްޖެނަމަ އެއަށް ހިޔާނާތްތެރިވާނެއެވެ. އަދި ވާހަކައެއް ދައްކައިފިނަމަ ދޮގު ހަދާނެއެވެ. އަދި އަހުދެއް ކޮށްފިނަމަ އެ އަހުދަކާ ހިލާފުވާނެއެވެ. އަދި އަރައިރުމެއް ވެއްޖެނަމަ ދޮގު ހަދައި ހައްގުމަގުން އެއްކިބާވާނެއެވެ.“

އިސްލާމީ ތަރުބިޔަތުގައި އަމާނާތްތެރިކަން ދިފާޢުކުރުމަށް މިހާ ބޮޑު އަހައްމިއްޔަތުކަމެއް ދެވިފައިވަނީ، މުޖުތަމަޢެއްގެ އިތުބާރު ބިނާވެފައިވަނީ އޭގެ ފަރުދުންގެ ތެދުވެރިކަމުގެ މައްޗަށް ކަމަށްވާތީއެވެ. ވައުދަކީ މީހެއްގެ ޒިންމާއެކެވެ. އެ ވައުދު ފުއްދުމަކީ ދީނީ ވާޖިބެކެވެ. އެކަން ނުކުރުމަކީ އަމިއްލަ ނަފްސަށާއި މުޖުތަމަޢަށް ވެވޭ ޚިޔާނާތެކެވެ. ޒިންމާދާރުކަމާއި ޙަޤީޤީ އީމާންކަން އިސްލާމީ ޝަރީޢަތުގެ އަސާސްތަކަށް ބަލާއިރު، އަމާނާތްތެރިކަމާއި އީމާންކަމަކީ ވަކިކުރެވޭނެ ދެ ބައެއް ނޫނެވެ.

ޚުޠުބާގައި ހަނދާންކޮށްދީފައިވާ ފަދައިން، ޢަބްދުﷲ ބިން މަސްޢޫދު (ރަޟިޔަﷲ ޢަންހު) ގެ ބަސްފުޅުތަކުން އެނގެނީ، އަމާނާތްތެރިކަމަކީ އިސްލާމް ދީނުގެ މުހިންމު ބައެއްކަމެވެ. އިންސާނާ އޭނާގެ ވެރި ފަރާތް (ﷲ) އަށް ވެފައިވާ ވަޢުދާއި، އެހެނިހެން މީހުންނާއެކު ވެވޭ މުޢާމަލާތްތަކުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަކީ އީމާންކަމުގެ ތަރާދެވެ. މުއުމިނުންގެ ސިފަތަކުގެ ތެރޭގައި އެމީހުންނާ ހަވާލުކުރެވޭ އަމާނާތްތަކަށް ރައްކާތެރިވުމާއި، ވައުދުތައް ފުއްދުން ހިމެނެއެވެ. މިއީ ސުވަރުގޭގެ ވާރުތަވެރިންގެ ސިފަތަކުގެ ގޮތުގައި ޤުރުއާނުގައި ބަޔާންކުރައްފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި  އަމާނާތްތެރިކަން ނެތިގެން ދިއުމަކީ މުޖުތަމަޢުތައް ހަލާކުވެގެންދާ އެންމެ ބޮޑު ސަބަބެވެ. ވިޔަފާރީގެ މުޢާމަލާތްތަކުގައްޔާއި، ވަޒީފާގެ މައިދާނުގައްޔާއި، ޢާއިލީ ގުޅުންތަކުގައި އަމާނާތްތެރިކަން ގެއްލިއްޖެނަމަ، އިތުބާރުގެ މައްޗަށް ބިނާވެފައިވާ މުޅި ނިޒާމު ފެއިލްވެގެންދާ ކަމަށް ޚުޠުބާގައި ބުންޏެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި