Sunday, 26 July 2026
Ads by

ޓިއުނީޝިއާ ބަލިކޮށް ގްރޫޕްގެ އެއްވަނަ އާއެކު ނެދަލޭންޑްސް ގަދަ 32 އަކަށް!

ޓިއުނީޝިއާ ބަލިކޮށް ގްރޫޕްގެ އެއްވަނަ އާއެކު ނެދަލޭންޑްސް ގަދަ 32 އަކަށް!

ޓިއުނީޝިއާ އަދި ނެދަލޭންޑްސް ބައްދަލުކުރި މެޗުގެތެރެއިން.. ފޮޓޯ| އަލްޖަޒީރާ

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ޓިއުނީޝިއާ އަތުން 3-1 އިން މޮޅުވެ، ނެދަރލެންޑްސް ގްރޫޕް ’އެފް’ގެ އެއްވަނަ ކަށަވަރުކޮށްފިއެވެ. މި ނަތީޖާއާއެކު މުބާރާތުގެ ދެވަނަ ބުރުގައި ނެދަރލެންޑްސް ބައްދަލުކުރަން ޖެހޭނީ ގްރޫޕް ’ސީ’ގެ ދެވަނަ ހޯދި މޮރޮކޯއާއެވެ.

Ad Image
Ads by

ބޯކޮށް ވާރޭވެހެމުންދިޔަ އެރޯހެޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ނެދަރލެންޑްސްއަށް ކުރިލިބުނެވެ. މެޗުގެ ކުރީކޮޅު ޓިއުނީޝިއާގެ ކެޕްޓަން އެލީސް ސްކީރީ އަތުން ބައިކޮޅަށް ވަން ލަނޑަކުން ނެދަރލެންޑްސް ލީޑު ނެގިއިރު، މެޗުގެ 7 ވަނަ މިނެޓުގައި ބްރަޔަން ބްރޮބީ ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ އެޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކްއެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޓިއުނީޝިއާގެ ހާޒެމް މަސްތޫރީ ލަނޑެއް ޖަހައި އުންމީދު އާކުރި ނަމަވެސް، 62 ވަނަ މިނެޓުގައި ޓިއުނީޝިއާގެ އަނީސް ސިލީމާން އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ނެދަރލެންޑްސްއަށް ތިން ޕޮއިންޓް ކަށަވަރުވިއެވެ.

ނެދަރލެންޑްސް މި މެޗަށް ނުކުތްއިރު ޖަޕާނާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައި އޮތް ނަމަވެސް، ޖަޕާނާއި ސުވިޑަން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުން ނެދަރލެންޑްސްއަށް ގްރޫޕްގެ އެއްވަނަ ލިބުނީއެވެ. މިއާއެކު ޖަޕާނަށް ވަނީ ދެވަނަ ބުރުގައި ވަރުގަދަ ބްރެޒިލާ ބައްދަލުކުރަން ޖެހިފައެވެ.

މި މުބާރާތަކީ ޓިއުނީޝިއާއަށް ވަރަށް ނާކާމިޔާބު މުބާރާތެކެވެ. ފުރަތަމަ މެޗުން ބަލިވުމާ ގުޅިގެން ކޯޗު މަގާމުން ވަކިކޮށް، ފްރެންޗް ކޯޗު ހާވް ރެނާޑްއާ ޓީމު ހަވާލުކުރި ނަމަވެސް އެދެވޭ ބަދަލެއް ނުފެނި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. ރޭގެ ބައްޔާއެކު ޓިއުނީޝިއާ އެންމެ ފަހުން ކުޅުނު 6 މެޗުންވެސް މޮޅެއް ވެފައެއް ނުވެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޖަޕާނާ އެއްވަރުވެ ފެށުން ދަށްވި ނަމަވެސް، ޖެހިޖެހިގެން ދެ މެޗުން މޮޅުވެ ނެދަރލެންޑްސް މިހާރު އޮތީ ވަރަށް ފޯމުގައެވެ. ތިން ފަހަރަށް ވޯލްޑް ކަޕް ފައިނަލުގައި ކުޅެ ބަލިވެފައިވާ ނެދަރލެންޑްސްގެ އަމާޒަކީ މިފަހަރުގެ ތަށި ކާމިޔާބުކޮށް، ”ތަށި ނުލިބޭ އެންމެ މޮޅު ޓީމު“ގެ ނަން ފޮހެލުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި