Sunday, 26 July 2026
Ads by

ނަތީޖާ ނެރުމުގައި އެންމެ ދުވަހެއް ބޭކާރުކޮށްލުމަކީ ވެސް ބުއްދިވެރިގޮތެއް ނޫން: ރައީސް

ނަތީޖާ ނެރުމުގައި އެންމެ ދުވަހެއް ބޭކާރުކޮށްލުމަކީ ވެސް ބުއްދިވެރިގޮތެއް ނޫން: ރައީސް

ރައީސް މުޢިއްޒު: ނަތީޖާ ނެރުމުގައި އެންމެ ދުވަހެއް ބޭކާރުކޮށްލުމަކީ ވެސް ބުއްދިވެރިގޮތެއް ނޫން ކަމަށް ވިދާޅުވި - ފޮޓޯ:ޕީޕީއެމް

ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ނަތީޖާ ނެރެން ބޭނުންވާ ކަމަށާއި އެކަމަށް އެންމެ ދުވަހެެއް ވިޔަސް ބޭކާރުކޮށްލުމަކީ ބުއްދިވެރިގޮތެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލިސް އިންތިހާބަށް ކުރަމުން އަންނަ ކެމްޕެއިންގެ ތެރެއިން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު ވަޑައިގަތީ ރައްޔިތުންނަށްޓަކައި މުހިންމު ސިޔާސަތުތަކަކާއި ތަރައްގީގެ ތަސައްވުރަކާ އެކުގައި ކަމަށެވެ. އެމަނިކުފާނުގެ ހުރިހާ ވެސް އަމާޒެއް ހުރީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރަން އެންމެ ބޮޑަށް މަގުފަހިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައި ވަނީ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން މަޖިލީހުގައި ތިބުން މުހިންމު ކަމަށެވެ.

”ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދީ، ނަތީޖާ ނެރުމަށް އެހީތެރިކަން ދެއްވާނެ ބޭފުޅުން މަޖިލީހަށް ހޮވުމަކީ ވަރަށް މުހިންމު ކަމެއް. އެންމެ އަހަރެއް، ދެ އަހަރެއް ވިޔަސް، އެންމެ ދުވަހެއް ވިޔަސް ބޭކާރު ކޮށްލުމަކީ ބުއްދިވެރިގޮތެއް ނޫން މި ނަތީޖާ ނެރުމުގައި. އަޅުގަނޑު ބޭނުން ވަނީ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުން އެދޭ ކަންކަމުގައި އަޅުގަނޑުމެންގެ ފަރާތުން ކާމިޔާބީތައް ރައްޔިތުންނަށް ވާސިލުކޮށްދޭން،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުހިންމު މަސައްކަތްތަކާއި ނިންމުންތައް ނިންމަން ޖެހޭ ތަނެއް ކަމުގައެވެ. އެގޮތުން ގާނޫނުތައް ހެދުމާއި ގާނޫނުތަކަށް އިސްލާހު ގެނައުމާ އަދި ބަޖެޓު ފާސްކުރުން ފަދަ ކަންކަމަކީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ނަތީޖާ ނެރެން މުހިންމު ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަރައްގީ އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި އެ ތަރައްގީ ގެނައުމުގައި ރައްޔިތުން އެދޭ ގޮތަށް ނަތީޖާ ނެރެދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ރައީސް ވަނީ މަޖިލިސް އިންތިހާބުގައި ރައްޔިތުން ޖަހާ ފާހަގައަކީ ގައުމަށް ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ގެންނަން ޖަހާ ފާހަގައަކަށް ހެދުމަށް ގޮވާލައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި