Sunday, 25 October 2026
Ads by

ޕޭޕަލްއެކޭ އެއްފަދައިން ޔޫޓިއުބް މޮނެޓައިޒޭޝަން ވެސް ވަރަށް އަވަހަށް ރާއްޖެއަށް ތައާރަފްކުރެވޭނެ: ރައީސް

ޕޭޕަލްއެކޭ އެއްފަދައިން ޔޫޓިއުބް މޮނެޓައިޒޭޝަން ވެސް ވަރަށް އަވަހަށް ރާއްޖެއަށް ތައާރަފްކުރެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޕޭޕަލްގެ ހިދުމަތެކޭ އެއްފަދައިން ޔޫޓިއުބް މޮނެޓައިޒޭޝަންގެ ހިދުމަތް ވެސް ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ތައާރަފްކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެސްއެމްއިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ޑިޖިޓަލް އިކޮނޮމީއެއް ގާއިމުކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެގޮތުން 2030 ވަނަ އަހަރާއި ހަމައަށްދާއިރު، ޖީޑީޕީގެ 15 އިންސައްތަ ޑިޖިޓަލް އިކޮނޮމީން ހިއްސާކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ބައިނަލްއަގުވާމީ ޕާޓްނަރުން ރާއްޖޭގައި ގާއިމުވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގޫގުލްއިން ވެސް ރާއްޖޭގައި މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. މިއީ 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއާއެކު ގޫގުލްގެ އިތުރު ހިދުމަތްތައް ރާއްޖެއަށް ވަރަށް އަވަހަށް ތާއަރަފްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އޭގެތެރޭގައި ޔޫޓިއުބް މޮނެޓައިޒޭޝަން ހިދުމަތް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، މިކަމުގެ ސަބަބުން ޒުވާނުންނަށާއި ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެކަމަށް ބޭނުންވާ ރެގިއުލޭޓަރީ އަދި ލީގަލް ކަންތައްތައް ހަމަޖެއްސުމަށް ގާތްގަނޑަކަށް އަހަރެއްހައި ދުވަސް ހޭދަވި ކަމަށެވެ. ޕޭޕަލްއިން ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ އިހްތިޔާރު ކުރުމުން، ސަރުކާރާއި ޕޭޕަލް އަދި އުރީދޫ ގުޅިގެން ގާތުން މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އުރީދޫ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރި ނަމަވެސް، ޕޭޕަލްގެ ހުރިހާ ހިދުމަތްތަކެއް ރާއްޖެއަކަށް ނުލިބެއެވެ. މިކަމަށް އިޝާރަތްކުރައްވަމުން ރައީސް ވިދާޅުވީ މިއީ ހަމައެކަނި ފެށުމެއް ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ތަނުގައި ޕޭޕަލްގެ އިތުރު ހިދުމަތްތަށް ރާއްޖޭގައި ތައާރަފްކުރުން ކަމަށެވެ. ހަމައެހެންމެ، ޑިޖިޓަލް އިކޮނޮމީއެއް ގާއިމުކުރުމަށް ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި